ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް އޭސީކޮށްފި

16 Jun 2019 | 14:10

ދަރުމަވަންތަ ސްކޫލް މިހާރު ހިންގަމުންދާ ވަގުތީ އިމާރާތުގެ ކްލާސްރޫމް ތަކުގައި އޭސީ ހަރުކޮށްފިއެވެ.

މި މަސައްކަތް ފެށިފައިވަނީ މިދިޔަ މާޗްމަހުގެ 21 ވަނަ ދުވަހުއެވެ.

މި މަޝްރޫއުއަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މިވަގުތު އެ ސްކޫލުގެ 16 ކްލާސްރޫމެއްގައި ވަނީ އޭސީ ހަރުކޮށްފައެވެ. މި މަސައްކަތް މިނިސްޓްރީން ކޮށްފައިވަނީ އެސްޓީއޯއާއި ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާާރާާތުގައި ހޫނު ގަދަވުމުގެ ސަބަބުން ދަރިވަރުންނަށް ވަނީ ވަރަށް ގިނަ ފަހަރަށް ކިޔެވުމާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

އަދި ބައެއް ކުދިންނަށް ހަމުގެ މައްސަލަތައްވެސް ދިމާވިއެވެ. 

އެ ސްކޫލްގައި އޭސީ ހަރުކުރުން ނިންމުން ފާހަަގަކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ އެ ސްކޫލަށް ޒިޔާރަތްކުރައްވާ، ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ.

Advertisement

ކޮމެންޓް