ރާާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތަކެއް އަޅަނީ

16 Jun 2019 | 15:11

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގެ ނުވަަ ސަަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށާއި، ސީ އެންބިއުލާންސްގެ ޚިދުމަތް މެދުވެރިކޮށް އެތަންތަން ގުޅުވާލާާނެ ކަމަށެވެ.

މިގޮތަށް ހެދުމުން ކޮންމެ ރަށެއްގައި ހުރި ބަލި މީހަކަށް ވެސް އެެންމެ މަދުވެގެން އެއް ގަޑިއިރުގެ ތެރޭގަައި ޓާޝަރީ ހޮސްޕިޓަލެއްގެ ހިދުމަތް ލިބޭނެކަމަަށް އަމީން ފާހަގަކުރެއްވިއެވެ.

މި ހޮސްޕިޓަލްތަކުގެ ތެރެއިން ފަސް ހޮސްޕިޓަލް ވާނީ ހުރިހާ ބައްޔަކަށް ފަރުވާހޯދޭ ފެންވަރުގެ ހޮސްޕިޓަލްތަކަކަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރު ނިމޭއިރު އެންބިއުލާންސްގެ ހިދުމަތް ލިބެން ހުންނާނެކަމަށްވެސް އިއުލާންކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement