Advertisement

މާލޭގައި އަންހެނަކު ރަހީނުކޮށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

17 Jun 2019 | 00:29

މާލޭގައި ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކުރި ފިރިހެނަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މި މީހާ ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތަށް ވަނީ ދިހަ ދުވަސް ޖަހައިދީފައެވެ.

މީސް މީޑިޔާާގައި ދަނީ މި ފިރިހެންމީހާ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުންދިޔަ އަންހެންމީހާއަށް މަގުމަތީގައި އަނިޔާކުރާ ފޮޓޯތަކެއް ދައުރުވަމުންނެވެ. އެގޮތުން އެ އަންހެންމީހާ، ފިިރިހެންމީހާ އުޅޭ ގެއިން ނެރެލުމުން މަގުމަތީގައި އޮޮރިޔާން ނިވާނުވާ ހާލުގައި އިން ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ.

ދަޕެްރެސް ނޫހުން އެ އަންހެންމީހާގެ އާއިލާއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ފޮޓޯތަކުން ފެންނަނީ އެ އަންހެން މީހާ ކޮޓަރީގެ ތަޅުދަނޑި ހޯދައިގެން އެތަނުން ނުކުމެ މަގުމަތީގައި އެހީއަށް އެދެމުންދާ މަންޒަރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާތައް ހިނގާފައިވަނީ ހެންވޭރުގައި ހުންނަ ގޯޅިގަނޑެއްގައެވެ. އެ އަންހެންމީހާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ އޭނާގެ ލޯބިވެރިޔާާގެ ގޭގައެވެ.

އެއީ އެ އަންހެންމީހާ ދިރިއުޅެމުންދާ ގެ ނޫންކަންވެސް ވަނީ އެނގިފައެވެ. އެ ފިރިހެންމީހާގެ ފަރާތުން އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއްވެސް ލިބިފައެވެ.

Advertisement

ކޮމެންޓް

Advertisement