Advertisement

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނަން: އިބޫ

15 Sep 2018 | 17:59

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިފަދައިން ވިދާޅުވެފައިވަނީ އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމަށް ހުރަސް އަޅާ ފަރާތްތަކަށް ދައުވާ ކުރަން އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް އިބޫ އާއި ރައީސް އަބްދުﷲ ޔާމީން ވައުދުވާން ޖެހޭ ކަމަށް ބުނެ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ، އާރްއެފްއެސް އިން ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އިބޫ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރިލްވާން އާއި ޔާމީން ރަޝީދުގެ މައްސަލާގައި ހުޅުވާލެވިފައިވާ ތަހުގީގެއް ކުރުމަށާއި، އަދި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު އުވާލުމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ވައުދުވާ ކަމަށެވެ.

Advertisement

ކޮމެންޓް