Advertisement

އިންތިހާބާ ގުޅޭ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނު

15 Oct 2018 | 18:10

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ރައީސް ޔާމިންގެ ފަރާތުން ހުށައެޅުއްވި ދުސްތޫރީ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނު 10:30 އަށް ތާވަލް ކޮށްފިއެވެ.

މިއަދުގެ ހެނދުނު 10:30 ގައި ފެށި އަޑުއެހުން ނިންމާލައްވަމުންވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:30ގައި ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ހުކުމް އިއްވާނެ ވަގުތެއް އިއުލާންކޮށްފައެއް ނުވެއެވެ.

އިންތިހާބު ބާތިލް ކުރުމަށް ހުށައެޅުއްވި މައްސަލައިގައި ވޯޓް އޮޅުވާލުމުގައި ބޭނުން ކުރުމަށް އަނގޮޓިތަކެއް ރާއްޖެއިން ބޭރުން ގެނައި ކަމަށް ބުނެ ތިން މީހަކު ދީފައިވާ ހެކިބަހެއް ރައީސް ޔާމީންގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓްގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖްލީހަށް ހުށަހަޅައިފައެވެ. އެ ތިން ހެކިންގެ ބަޔާން ސިއްރު ކުރަން ރައީސް ޔާމީންގެ ވަކީލުން ވަނީ އެދިވަޑައިގެންފައިވާތީ މާދަމާގެ އަޑުއެހުމުގައި ސިއްރު ހެކިންގެ ހެކި ބަސް ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ ކަމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ. . 

މީގެ އިތުރުންވެސް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ވޯޓު ކަރުދާސްތައް ބަދަލުކުރި ކަމާއި، ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްފައިވާ ކަމާއި،ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދިޔަ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލާފައިވާ ކަމަށާއި ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރި އެމް ސެވަން ޕްރިންޓާސްގެ މައްސަލަތަކެއް އެ ދައުވާ ފޯމުގައި ބުނެފައިވެއެވެ. އޭގެ އިތުރުންވެސް ވޯޓިން ބޫތުގެ މައްސަލަތަކާއި ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާކަން ދައުވާގައި ފާހަގަ ކޮއްފައިވެއެވެ.

އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެމަތިން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.

އިންތިހާބް އާ ބެހޭ މައްސަލަ ސުޕްރީމް ކޯތްގައި ކުރިއަށްދާ ވަގުތު ގިން އަދަދެއްގެ ރައްޔިތުން ތަކެއްދަނީ ސުޕްރީމް ކޯޓް ދަށައް އެއްވެ ޝުއޫރު ފާލޫކުރަުންނެވެ.

Advertisement

ކޮމެންޓް