ރައީސް ޞާލިހްގެ ވެރިކަމުގައި ވިހިހާސް ހައުސިން ޔުނިޓް އަޅަން ނިންމާފައިވޭ

28 Jun 2019 | 14:28

ރައީސް އިބްރާހިމް މުހައްމަދު ޞަލިހްގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 20،000 ފްލެޓް އަޅަން ހަމަޖެހިފައިވާކަން މިއަދު ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްއިން ހާމަކޮށްފިއެވެ.

އެގޮތުން މި ފޯރަމަށް ހުށަހެޅިފައިވާ ކަރުދާހެއްގައި ބުނާގޮތުން ސަރުކާރުގެ ޕްލޭނަކީ، ރައީސް ޞާލިހް އުފައްދަވާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން ބޯހިޔާވަހިކަމުގެ 20،000 ފްލެޓް އަޅައި މެނޭޖްކުރުމެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މައިގަނޑު މަސައްކަތެއްކަމުގައި ވަނީ މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރަމުންއަންނަ ފްލެޓް އެޅުމާއި، ބެލެހެއްޓުމުގެ މަސައްކަތްކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުން އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފައިނޭންޝަލް މެކޭނިޒަމެއް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރު ފަދައިން މި ރައީސް ޞާލިހްގެ ފަސް އަހަރުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަދި އިޖްތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހާއްސަ އަހައްމިޔައްތު ކަމެއް ދޭނެ ކަމަށް މިކަރުދާހުގައިވެއެވެ.

Advertisement

ކޮމެންޓް

Advertisement