Advertisement

ިތިމާވެށީގެ ބޮޑު ބައްދަލުވުމެއް ދިއްފުށީގައި ކުރިއަށްދަނީ

18 Jun 2019 | 14:36

ތިމާވެއްޓާއި ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުމެއް، ކ.ދިއްފުށީގައި ފަށައިފިއެވެ.

"ސަސްޓެއިނަބަލް އޯޝަން އިނިޝިއޭޓިވް' ގެ ނަމުގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން ޖުމްލަ 33 ބޭފުޅުން ބައިވެރިވެއެވެ.

އެ ބައްދަލުވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ކަނޑުގެ ދިރުންތަކާއި ބެހޭގޮތުން ކަމާގުޅޭ ހުރިހާ ދާއިރާއެއްގެ ބޭފުޅުން އެއްތަނަކުން ބައްދަލުކޮށް ޚިޔާލުތައް ހޯދައި މަޝްވަރާކުރުމާއި ގައުމީ ފެންވަރުގައި ކޯސްޓަލް އަދި މެރިން އޭރިއާތަކާއި ގުޅޭގޮތުން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި އޯޝަން މެނޭޖްމަންޓް އާއި ގުޅޭ ގައުމީ ފެންވަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުން ހިމެނޭކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ސެކްރެޓޭރިއަޓް އޮފް ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ އާއި ގްލޯބަލް އޯޝަން ބަޔޯޑައިވަރސިޓީ އިނިޝިއޭޓިވް (ގޯބީ) ގުޅިގެންނެވެ.

Advertisement

ކޮމެންޓް

Advertisement