ދީދީ އެދުނީ އޭނާގެ ތަހުގީގު ހުޅުވާލައިގެން ކުރިއަށްގެންދަން!

18 Jun 2019 | 15:20

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާއިރު، އެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެބޭފުޅާ އެދިއްޖެއެވެ.

ފަނޑިޔާރު ދީދީ މިހެން އެދުނީ ރޭ ޖޭއެސްސީއަށް ހާޒިރުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ ދެފަރަތަކާާއި އެކު، ރޭ ދީދީ ޖޭއެސްސީއަށް ވަނީ ހާޒިރުވެ ވަޑައިގެންފައެވެ. ހާޒިރުވުމަށްފަހު އާންމުންނާއި މީޑިޔާއަށް ހުޅުވާލައިގެން އޭނާގެ ތަހުގީގު ކުރިއަަށް ގެންދިއުމަށް އެދުމުން، ޖޭއެސްސީގެ ޖަލްސާއަކުން އެކަމާއި މެދު ގޮތެއް ނިންމާނެކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ރަށުން ބޭރަށް ވަޑައިގަންނަވާ ނަމަ، ޖޭއެސްސީ އަށް އެންގުމަށް ފަހު ވަޑައިގަތުމަށް ތަހުގީގު ކޮމިޓީން ވަނީ ދީދީއަށް އަންގާފައެވެ.

އެނގިފައިވާ ގޮތުގައި ރޭ އެބޭފުޅާ ޖޭއެސްސީއަށް ހާޒިރުކުރެވުނީ ޖޭއެސްސީން ސަސްޕެންޑްކުރުމުންވެސް އެކަމާއި ޚިލާފުވެ ވަޑައިގެން، ކޯޓަށް ވަޑައިގަތުމުންނެވެ.

Advertisement

ކޮމެންޓް