ސަރުކާރުން ބިދޭސީން އަަށް ކްރިކެޓް ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސަނީ

19 Jun 2019 | 08:13

މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕް ބެލުމުގެ އިންތިޒާމް، މާފަންނުގައި ހުންނަ ޒުވާނުންގެ މަރުކަޒުގައި ހަަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންނަށް ކްރިކެޓް ވޯލްޑްކަޕް ބޮޑު ސްކްރީނެއްގައި ބެލުމުގެ އިންތިޒާމު ހަމަޖެހެން ވާނެކަމަށް ގިނަބަޔަކު ބުނަމުންދިޔަ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަޚުލޫފް ކުރެއްވި ފޭސްބުކް އަދި ޓްވިޓަރ ޕޯސްޓެއްގައި ވިދާޅުވީ ކްރިކެޓް ވޯލްޑްކަޕް ބޮޑު ސްކްރީންގައި ބެލޭނެ ދާއިމީ ޖާގައެއް ހޯދުމަށް ޕްލޭނިންގް މިނިސްޓްރީއާއި މަޝްވަރާ ކުރެވިފައިވާނެކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ހުރި ބޭރު ގައުމުތަކުގެ އެމްބަސީތަކާއި އެކުގައިވެސް މަސައްކަތްކުރަމުން އަންނަ ކަމަށް މަޚުލޫފް ފާހަގަކުރެއްވިއެވެ.

އަދި ބިދޭސީންނަށް އަމާޒުކޮށް ކްރިކެޓް ވޯލްޑްކަޕް ބެލުމުގެ ވަގުތީ އިންތިޒާމެއް، މާފަންނު ޒުވާނުންގެ މަރުކަޒުގައި ހަމަޖެހިފައިވާނެކަމަށް މަޚުލޫފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް