ވީއޭއާރުގެ އެހީގައި ވެނެޒުއޭލާއިން ބްރެޒިލް ހިފަހައްޓާލައިފި

19 Jun 2019 | 08:38

މިހާރު ކުޅެވެމުންދާ ކޯޕާ އެމެރިކާ މުބާރާތުގައި ބްރެޒިލް އަދި ވެނެޒުއެލާ ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމިއްޖެއެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ޕޮސެސިވް ގޭމެއް ކުޅުނު ބްރެޒިލްވަނީ މި މެޗުގައި ވެނެޒުއެލާގެ ގޯލައް ނުރައްކާތެރި  ހަމަލާތަކެއް ފޮނުވާލާފައެވެ. ލިވަޕޫލްގެ ސްޓްރައިކަރ ފިރްމީނޯގެ އެސިސްޓަކާއެކު ސިޓީގެ ތަރި ގެބްރިއެލް ޖީސުސް ގޯލު ތެރެއަށް ބޯޅަ ވައްދާލިއިރު އެޓީމުގެ ކޯޓީނިއޯވެސް ވަނީ ވެނެޒުއެލާގެ ގޯލަށް ބޯޅަ ވައްދާލާފައެވެ.

ނަމަވެސް އެ ދެފަހަރުގެ މަތިންވެސް ރެފްރީވަނީ ވީއޭއާރް މެދުވެރިކޮށް އެއީ ގޯލުތަކެއް ނޫން ކަމުގައި ނިންމާފައެވެ.

ސްކޯ ބޯޑު ބްރެޒިލް ކޮޅަށް ބުރަ ނުވުމުގެ ސަބަބުން ދަނޑަށް ވަދެތިބި އެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅުކޮށް އަޑުގަދަކޮށް ހަދާފަކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބްރެޒިލް ވަނީ ކުޚުނު ފުރަތަމަ މެޗުގައި 3-0 ކުން ބޮލީވިއާގެ މައްޗަށް ކުރި ހޯދާފައެވެ.

ހަތަރު ޕޮއިންޓާއެކު ބްރެޒިލް ގުރޫޕުގެ އެއްވަނައިގަ އޮތްއިރު ޕެރޫވެސްވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. ބްރެޒިލްއަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. 

Advertisement

ކޮމެންޓް

Advertisement