ބިގް ކުންފުނީގައި މިހާރު ހިއްސާއެއް ނޯންނާނެ: ފައްޔާޒު

19 Jun 2019 | 14:26

ބިޒްނަސް އިމޭޖް ގްރޫޕް ނުވަތަ ބިގް ކުންފުނީގައި މިހާރު އެބޭފުޅާގެ އެއްވެސް ހިއްސާއެއް ނޯންނާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެެވެ.

ފައްޔާޒު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާާބިރު ކުރެއްވި ސުވާލުތަކަށް ޖަވާާބުދެއްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ބިގްއަކީ 2002 ވަނަ އަހަރުގެ އޭނާއާއި، އޭނާގެ ގާތް ރަހުމަތްތެރިން ތަކަކާއެކު އުފައްދައިގެން ވަރަށް ބުރަ މަސައްކަތުން ގެނައި ކުންފުންޏެއްކަމަށެވެ.

ނަަަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމާއި އެކު، އެކުންފުންޏަށް ގިނަ ދަތިތަކެއް ކުރިމަތިކުރުވަމުން ދިޔުމުގެ ސަބަބުން ކުންފުނިން ވަކިވެ ވަޑައިގެންނެވިކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި ކުންފުނީގެ ހިއްސާދާރެއްގެ މަގާމުން ވަކިވެ ވަޑައިގެންނެވީ 2015ވަނަ އަހަރުގެ ތެރޭގައެވެ.

އެހެންކަމުން އެމްއެންބީސީއަށް އެކުންފުނިން ދިން ހިދުމަތުގެ ބަދަލުގައި ދޭންޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުން ކުރި އިރު އޭނާއަކީ އެ ކުންފުނީގެ އެއްވެސް މަސްލަހަތެއް އޮތް މީހެއް ނޫން ކަމަށް ފައްޔާޒު ފާާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް