Advertisement

ރާއްޖެޓީީވީ ބަންދުުކުރަން ރައީސް ޔާމީން މަސައްކަތްކުރި: ޝަހީބު

19 Jun 2019 | 23:23

ރާއްޖެޓީވީ ބަންދުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތް ކުރެއްވިކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ހާލަތު އިއުލާާންކުރެެވުނު ދުވަސްވަރު، ރާއްޖެޓީވީ ބަންދުކުރުމަށް ރައީސް ޔާމީން މަސަައްކަތްކުރެއްވިކަމަށެވެ. އެކަން ކުރައްވަން އުޅުއްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ސޮފްވާން މެދުވެރިކުރައްވާކަމަށް ޝަހީބު ހާމަކުރެއްވިއެވެ.

ޝަހީބު ވިދާޅުވީ، ސޮފްވާން ރައީސް ޔާމީންއާ ނުރަސްމީކޮށް ބައްދަލުކުރެއްވުމަށް ފަހު އޭނާ ރައީސް ޔާމީންގެ ޚާއްސަ މެސެޖެއް އޮތް ކަމަށް ގުޅާފައި ބުނި ކަމަށެވެ. އަދި އެ ބައްދަލުވުމަށް ޝަހީބަށް ދައުވަތު ލިބުނަސް ވަޑައި ނުގެންނެވީ އެއީ ނުރަސްމީ ބައްދަލުވުމަކަށް ވާތީކަމަށް ޝަހީބު ފާހަގަކުރެއްވިއެވެ.

"ސޮފްވާން ވިދާޅުވި ރައީސް ޔާމީން ވިދާޅުވިއޭ ރާއްޖެ ޓީވީ ބަންދު ކުރާށޭ ހަފްތާއަކަށް. ދެން މިކަންތަކާ ހިނގާށޭ އުޅެން،" ސޮފްވާން ވިދާޅުވިކަަމަށް ޝަހީބު ވިދާޅުވިއެވެ.

ނަމަވެސް ސޮފްވާން މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ޝަހީބު ވިދާޅުވި ވާހަކަފުޅަށް އިންކާރުކުރައްވާފައެވެ.

Advertisement

ކޮމެންޓް