Advertisement

ވެމްކޯގެ ހިދުމަތް ހުއްޓާލާނަމަ ނުވަތަ މައުލޫމާތެއް ބަދަލުވެއްޖެނަަމަ 5 ދުވަހު ކުރިން އަންގަންޖެހޭ

15 Oct 2018 | 20:35

ގޭބިސީ ތަކުން ހޯދަމުން އަންނަ ޚިދްމަތް ހުއްޓާލާނަމަ ނުވަތަ މައުލޫމާތު ބަދަލުވެއްޖެނަަމަ ފަސް ދުވަސް ކުރިން އެކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް އަންގަންވާނެ ކަމަށް ބުނެ ސަރކިއުލާއެއް ނެރެފިއެވެ. 

އަދި ޚިދްމަތް ހޯދަމުން ދާފަރާތެއްގެ އެޑްރެސް، ފޯނު ނަންބަރު، ނުވަތަ އީމެއިލް އެޑްރެސް ފަދަ އެއްވެސް މައުލޫމާތަކަށް ބަދަލެއް އައިސްފައިވާ ކަމުގައިވާނަމަ 5 ދުވަސް ތެރޭގައި ވެމްކޯ އަށް އެކަން އަންގަންވާނެކަމަށެއެވެ. 

ޚިދްމަތް ހުއްޓާލާނަމަ ނުވަތަ މައުލޫމާތު ބަދަލުވެއްޖެނަަމަ "ކުނި ނެގުމުގެ ޚިދްމަތަށް އެދޭ ފޯމް" ގެ އެކަންކަމަށް ކަނޑައަޅާފައިވާ ބައި ފުރިހަމަ ކުރުމަށްފަހު ވެމްކޯއަށް ހުށައެޅުމަށާއި މި ފޯމް ވެމްކޯގެ ހެޑް އޮފީހާއި، ކަސްޓަމަރ ފްރަންޓް އޮފީހުން ލިބޭނެކަމަށް ވެސް ސަރިކިއުލަރގަވެއެވެ. 

ފޯމާއެކު ޚިދްމަތް ހޯދަމުން ދިޔަ އެޑްރެހުގެ ހުރިހާ ބިލަކަށް ފައިސާ ދައްކައި ޚަލާޞްކޮށް، އެންމެ ފަހުގެ ބިލަށް ފައިސާ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

މިސާރކިއުލާރ މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށްވެއެވެ. 

Advertisement

ކޮމެންޓް