މައްސަލައެއް ނެތްކަމަށް ފުލުހުން ބުނި: ފަނޑިޔާރު ދީދީ

20 Jun 2019 | 13:50

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި ގުޅޭ މައްސަލައެއް ތަހުގީގުކުރަމުން ދޭތޯ ބެލުމަށް މީގެ ކުރިން ފުުލުހުންނަށް ސިޓީ ފޮނުވުމުން އެފަދަ މައްސަލައެއް ބަލަމުން ނުދާކަމަށް ފުލުހުން ބުނިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިހެން އެމަނިކުފާނު ވިދާޅުވީ މިއަދު ހެނދުނު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮތް ޖޭއެސްސީގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން ފައިދާކުރިކަމަށް ބުނާ މައްސަލައެއްގެ އިތުރުން އިތުުރު މައްސަލަތަކެއް ދީދީގެ މައްްޗަށް ތުހުމަތުކޮށް ބަލަމުންދާ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާކަމަށް ޖޭއެސްސީގެ ފަރާތުން ވަނީ މިއަދު ބުނެފައެވެ. ޖޭއެސްސީން ބުނީ އެކަން ފުލުހުންގެ ފަރާތުން އަންގާފައިވަނީ ސިޓީއެއް މެދުވެރިކޮށް ޖޫންމަހުގެ 12ވަނަ ދުވަހުގައިކަމަށެވެ.

ނަމަވެސް މިއަދު ވާހަކަފުޅު ދައްކަވަމުން ދީދީ ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް މައްސަލައެއް އޮތްތޯ ފުލުހުންގެ އަރިހުން ދެންނެވުމުން، އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހެޅިފައި އަދި ބަލަމުން ނުދާކަމަށް މިމަހުގެ 10 ވަނަ ދުވަހު ފުލުހުން ސިޓީއަކުން އެމަނިކުފާނަށް އަންގަވާފައިވާ ކަމަށެވެ.

ފުލުހުންގެ ސިޓީގައި އެހެން ވިދާޅުވެފައިވާކަމަށް ފަނޑިޔާރު ދީދީގެ ވަކީލް ރޭނިސް އަހުމަދު ސަލީމްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިއީ އަލަށް އުފައްދައިގެން ކުރިއަށްދާ މައްސަލައެއްތޯ ދީދީގެ ފަރާތުން ވަނީ ސުވާލުކުރައްވާާފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް