Advertisement

ރައީސް ޔާމީން ތަރައްޤީ ގެންނެވި، ނަމަވެސް ރައްޔިތުންތިބީ ބިރުވެރިކަމެއްގެތެރޭ - ދުންޔާ

16 Oct 2018 | 01:47

ރައީސް ޔާމީންގެ ސަރުކާރުގައި ގައުމަށް ބޮޑެތި ތަރައްގީ ގެނެސް ދެއްވި ނަމަވެސް ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ދުންޔާ މައުމޫން ވިދާޅުވެެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ "ވޯލްޑް އިޒް ވަން ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި ސިޔާސީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، ބަންދުކޮށްފައި ވަނީ ސަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ކަމަށް ދުންޔާ ވިދާޅުވި އެވެ.

އަދި މީގެ ތެރޭގައި އެކަމަނާގެ ބައްޕާފުޅު މައުމޫނާއި، ކޮއްކޯފުޅު ފާރިސް މައުމޫނާއި، ޅިޔަނު މުހައްމަދު ނަދީމް ހައްޔަރު ކުރެއްވި އިންޓަވިއުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުން ބަލައިގަންނަން ޖެހޭނެ ކަމަށާއި އެ ނިންމުމަށް އިހަތިރާމް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

އަދި މިއީ ބޮޑު ތަފާތަކުން ބަލިވެފައިވާ ރައީސް ޔާމީން އިތުރު ބަހުސެއް ކުރައްވަން ޖެހޭ ކަމެއް ނޫންކަމަށް ދުންޔާ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް

Advertisement