Advertisement

ބޮޑު ތަފާތަކުން މޮޅުވެ ބްރެޒިލް ކުއާޓާ ފައިނަލަށް

23 Jun 2019 | 07:47

ކޯޕާ އެމެރިކާގައި ބްރެޒިލް އަދި ޕެރޫ ވާދަކުރި މެޗް 5-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ބްރެޒިލް މުބާރާތުގެ ދެވަނަ ބުރު ޔަގީން ކޮށްފިއެވެ.

ބްރެޒިލްގެ ފަރާތުން އެޓޭކިންގ ގޭމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފުގައި 3-0 ގެ ފުރިހަމަ ލީޑެއް ނަގާފައެވެ. 12 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ކަސެމީރޯ ޖަހައިދިންއިރު ބްރެޒިލްގެ ލީޑް ފުޅާ ކޮށްދިނީ 19 މިނެޓުގައި ލިވަޕޫލްގެ ސްޓްރައިކަރ ފިރްމީނޯއެވެ.

ޕެރޫއަށް ހަމަޖެހިލުމުގެ ފުރުސަތު ނުދީ ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔަ ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެވަޓަންއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ވެނެޒުއެލާ އަތުން 0-0 ކުން އެއްވަރުވި މެޗުގައި ސަޕޯޓަރުންގެ ފާޑު ކިޔުމައި ފުރައްސާރައައި ކުރިމަތިލާން ޖެހުނު ބްރެޒިލްގެ ފަސްވަނަ ގޯލު ޖަހައިދިނީ ކެޕްޓަން ޑެނީ އަލްވެސްއެވެ. ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑަށް އެރި ވިލިއަންއެވެ. މި ގޯލަށްފަހުވެސް ބްރެޒިލްއަށް ވަނީ އެޓީމުގެ ލީޑް އިތުރަށް ފުޅާ ކުރާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޖީސުސް ފޮނުވާލި ޕެނަލްޓީ ޕެރޫގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރެޒިލް އޮތީ ހަތް ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނައިގައެވެ. ވާދަވެރިކޮށް ފެނުނު މި ގުރޫޕުގެ ދެވަނައިގަ އޮތީ ފަސް ޕޮއިންޓާއެކު ވެނެޒުއެލާއެވެ. ހަތަރު ޕޮއިންޓާއެކު ގުރޫޕުގެ ތިންވަނައިގަ އޮތީ ޕެރޫއެވެ. 

Advertisement

ކޮމެންޓް