އޮޑެގެއްލާގައި ރިސޯޓް ހަދަން ހުއްދައެއް ނުދިން!

23 Jun 2019 | 16:36

ނާޒުުކު ތިމާާވެއްޓެއް ލިިބިފައިވާ ރަށެއްކަމުގައިވާ ގއ.އޮޑެގެއްލާގައި ރިސޯޓެއް ހެދުމުގެ ހުއްދަ ނުދޭން އީޕީއޭއިން ނިންމައިފިއެވެ.

އެ އިދާރާއިން ނެރުނު އީއައިއޭގައި ވާާގޮތުގައި ވަނީ މި މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ލިބޭނެ ބޮޑެތި ގެއްލުންތަކެއް ފާހަގަކޮށް، މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ލަފާދީފަ އެވެ. 

އެގޮތުން، 0.66 ހެކްޓަރުގެ ރަށުގެ ބިން 2.33 ހެކްޓަރަށް ބޮޑުކުރުމަށް އެ ރަަށުގެ ފަޅުން ވެލި ނަގައިގެން ބިން ހިއްކައިފިނަމަ، ތަފާތު އެކި ދިރުންތަކުން މުއްސަނދި ފަރެއްގެ ގޮތުގައި ބެލެވޭ އޮޑެގައްލާގެ ފަރަށާއި އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ލިބޭނެ އިއާދަ ނުކުރެވޭނެ ގެއްލުންތައް ފާހަގަކޮށްފައިވެއެވެ.

އޮޑެގެއްލާ އަކީ ގިނަ އަދަދަކަށް ދޫންޏާއި ވެލާ ބިސް އަޅަން އަރާ ރަށެއް ކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ.

މި ރަށުގައި ރިސޯޓު ހެދުމުގެ ސަބަބުން އެ ތަކެތީގެ ވެއްޓަށް ގެއްލުން ލިބި، އެ ތަކެތީގެ އާބާދީ އަށް އަސަރު ކުރާނެ ކަމަށް ވެސް އީއައިއޭގައި ބުނެފައިވެއެވެ.

 މިރަށުގެ ސަރަހައްދަކީ މިހާރުވެސް ދެކުނުގެ ހުރިހާ އަތޮޅެއްގެ މަސްވެރިން އެން ނަގަން ބޭނުން ކުރާ ތަނަކަށް ވާއިރު، މި ރަށުގައި ރިސޯޓު ހެދުމުން އެން ނެގުމަށް ބޭނުންކުރާ މުހިއްމު ތަނެއް މަސްވެރިންނަށް ބަންދުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް