ލަންކާގައި ގަވާއިދާއި ޚިލާފަށް އުޅޭތީ ޑިޕޯޓްކޮށްލާ މީހުންގެ ތެރޭގައި ދިވެހިން!

23 Jun 2019 | 16:34

ސްރީލަންކާގައި ސައްހަ ވިސާއެއް ނެތި ގަވާއިދާއި ޚިލާފަށް އުޅެމުންދާތީ ޑިޕޯޓްކޮށްލުމަށް ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި 200އަށްވުރެ ގިނަ ދިވެހިން ހިމެނިއްޖެއެވެ.

ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރ ޕަސަން ރަތްނަޔަކައާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ގަވާއިދާއި ޚިލާފަށް އުޅޭ 7900އެއްހާ ބިދޭސީން އެގައުމުން ވަނީ ހޯދިފައެވެ. އެ ފަރާތްތައް އަނބުރާ ގައުމަށް ފޮނުވާލުމަށް ބޭނުންވާ ފައިސާއާއި އިންތިޒާމްތައް ހަމަޖެއްސުމަށް ލަންކާގެ ހޯމް މިނިސްޓްރީން މިހާރު ވަނީ ލަންކާގެ ކެބިނެޓަށް ހުށައަޅާފައެވެ.

މީގެ ތެރެއިން ގިނަ ފަރާތްތައް އެގައުމަށް އެތެރެ ވެފައިވަނީ ޓޫރިސްޓް ވިސާގައިކަން ކޮންޓްރޯލަރ ފާހަގަކުރެއްވިއެވެ.

އެގޮތުން އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެގައުމުގައި 291ދިވެހިން ގަވާާއިދާއި ޚިލާފަށް އުޅޭތީ އަނބުރާ ރާއްޖެއަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

އެގައުމުގައި އެންެމެ ގިނައިން ގަވާއިދާއި ޚިލާފަށް އުޅެނީ އިންޑިޔާާ މީހުންނެވެ. ޑިޕޯޓްކުުރުމަށް ހަމަޖެހިފައިވާ އިންޑިޔާ މީހުންގެ އަދަދަކީ 1680އެވެ.

Advertisement

ކޮމެންޓް