"ޒިނޭއަށް ހުޅުވާލެވޭ ދޮރަކަށްވިޔަސް ޑޮލަރު ލިބި ތަނަވަސްކަން ލިބޭނެ"

Share on facebook
Share on twitter
Share on telegram
Share on whatsapp

ފާއިތުވެދިޔަ ކުޑަދުވަސްކޮޅެއްގެތެރޭގައި ކްލަބް ހައުސްގެ ޑިސްކަޝްންތަކުގެތެރެއިން ފަރުވާތެރިކަމާއެކު އަޅުގަނޑު އަޑުއަހަމުންދިޔަ ބަހުސްތަކަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މީހުންގެ ގޭގޭގައި ބޭރުގެ ޓޫރިސްޓުން ބައިތިއްބައިގެން އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާމެދު މީހުން ކުރަމުންދިޔަ ބަހުސްތަކެވެ. ކްލަބް ހައުސްގައި މިބަހުސްތައް އެންމެ ފޯރިގަދަކޮށް ހިގަމުންދޔައީ އައްޑުއަތޮޅުގެ ރައްޔިތުން ތިބޭ ފޯރަމްތަކުގައެވެ. އެހެންއެވަނީ ފަތުރުވެރިކަމުގެ ފައިދާ އެންމެ ބޮޑަށް ދަންނަބަޔަކީ އައްޑުއަތޮޅު މީހުންކަމަށްވެފައި، މާލެއަތޮޅާއި އަރިއަތޮޅުގެ ރަށްރަށުގައި ވަޒީފާ އަދާކުރަމުންދާ އައްޑުއަތޮޅުގެ ގިނަ ރައްޔިތުން އެބުރި ރަށަށް ގެނައުމަށް އެ މީހުންގެ އާއިލާތަކުން ކުރާ އުއްމީދުތައް ބޮޑުކަމުންނެވެ. އެއްވެސް ސަރުކާރަކަށް އައްޑޫރައްޔިތުންގެ މި އުއްމީދުތަކުގައި ކުލަޖައްސައެއް ނުދެވުނެވެ.

ކޮންމެއަކަސް ކްލަބްހައުސްގެ ފޯރަމްތަކުގައި މިކަމުގެ ބަހުސް ހިގަމުންދިޔައިރު އައްޑުއަތޮޅަށް ނިސްބަތްވާ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފޯރަމްތަކުގައި ބައިވެރިވެ އެމީހުންގެ ތަޖުރިބާތައް ހިއްސާކުރަމުންދިޔައެވެ. ވަރަށްވެސް ޝައުގުވެރިކުރުވަނިވި އިލްމީ ބަހުސްތަކެއް ހިގައިދިޔައެވެ.

މިބަހުސްގެތެރޭގައި މީހުން ދެބަޔަކަށް ބެހިގެންދިޔައެވެ. އެއްބަޔަކީ މިކަމުން ރައްޔިތުންގެ އިޖްތިމާއީ ފޭރާން މިހާރަށްވުރެވެސް ބޮޑަށް ވީދި އާއިލާ ރޫޅުމާއި ފާހިޝް އަމަލުތަކަށް މިކަމުން ވަރަށް މަތީ ދަރަޖައަކަށް ދޮރުހުޅުވިގެންދާނެކަމުގެ ކަންބޮޑުވުން ފާޅުކުރި ބަޔެކެވެ. އަނެއްބަޔަކީ މިކަމުން މީހުންގެ އާއްމު ދިރިއުޅުމަށް ކުރާނެ ފައިދާތަކާއި މާލީތަނަވަސްކަމާއެކު މީހުން ބާރުވެރިވެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޮތް ފުރުސަތެއްކަމަށް ދެކެމުންދާ ބަޔެކެވެ.

ފަތުރުވެރިކަމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ އެއްބޭކަލެއްކަމަށްވާ މުރާދު އެއް ކަމެއް ސާފުކޮށްދެއްވިއެވެ. މިއީ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުމާ ވަރަށްވެސް ތަފާތު ކަމެއްކަމެވެ. ރަށްރަށުގެ މީހުން ދިރިއުޅޭ ގޭގޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅެން އަންނަ ފަތުރުވެރިޔާގެ މަންޒިލް މަގްސޫދު މުޅިން ތަފާތެވެ.

އޭނާ އެކްސްޕްލޯކުރަން ބޭނުންވާނީ އާއިލާއާއެކު ދިރިއުޅެ އެމީހުންގެ ލައިފް ތަޖުރިބާކޮށްލައިގެން ހިތްއުފާ ހޯދުމެވެ. އޭނާ ކާންބޭނުންވާނީ އޭނާ ހުންނަ ގެއެއްގެ ކާމޭޒުމަތިންނެވެ. އަދި އާއިލާގެ ރަހުމަތްތެރިންގެ ގޭގެއަށް ވިޒިޓްކޮށް އެމީހުންގެ ދިރިއުޅުން ތަޖުރިބާކޮށްލުމެވެ. މިއީ މޫދަށް އެރި ސްނޯކްލިންއަށް ގޮސް ބީޗްގައި އޮވެ އަވިން ގައި އަންދަން ބޭނުންވާނެ ފަތުރުވެރިންނެއް ނޫނެވެ.

އަމިއްލަ ގޭތެރެއަށް ޑޮލަރާއިގެން ވަންނަ ފަތުރުވެރިޔާއަށް ޖާގަދިނުމުން ނުކުންނާނެ އިޖްތިމާއީ މައްސަލަތަކުގެ ވާހަކަދެއްކި މީހުންގެ ނަޒަރުގައި މިފަދައިން އަމިއްލަގޭތެރެ، އަމިއްލަ އަނބިމީހާއާއި ފިރިމީހާއާއި އަންހެން ދަރިންނާ ފިރިހެން ދަރިން ބޭރު މީހުންނަށް ހުޅުވާލުމުން ވަރަށް ނުރައްކާތެރި އިޖްތިމާއީ  ބަލިމަޑުކަމެއް ފެށިގެންދާނެއެވެ.

ޚާއްސަކޮށް އައްޑޫއަށް ބަލާކަމަށްވާނަމަ ގިނަ ފިރިން ތިބީ އަބިންނާ ވަރަށް ދުރުގައެވެ. ގޭގައި ތިބީ އަނބިމީހާއާއި ދަރިންނެވެ. އެމީހުންގެތެރެއަށް މިއަންނަނީ ޔޫރަޕްގެ ދޮން އަންހެނެއް ނުވަތަ ފިރިހެނެކެވެ. އެހެންކަމުން އަނބިމީހާއާއެކު ނުވަތަ އަންހެން ދަރިންނާއެކު ނުވަތަ އަންހެން ޓޫރިސްޓެއްކަމުގައިވާނަމަ ފިރިހެން ދަރިންނާއެކު ނޭދެވޭ ގުޅުންތައް ހިގުމަށް މިކަމުން މަގުފަހިވާނެއެވެ.

ގދ ހޯޑެއްދޫގެ މީހަކާއެކު ދާދިފަހުން އަޅުގަނޑު ސައިބޯން ހޮޓަލަކަށް ދެވުނު ފަހަރެއްގައި އޭނާ އެރަށުގެ ވާހަކައެއް އަޅުގަޑަށް ކިޔައިދިނެވެ. އެރަށުގެ ޖަމްއިއްޔާއަކުން ޔޫރަޕްގެ ދޮން އަންހެނުން ވޮލަންޓިއަރުންގެ ނަމުގައި ރަށަށްގެނެސް ރަށުގައި ހުންނަ މީހުން ނޫޅޭ ގެއެއްގައި އެމީހުން ބައިތިއްބައެވެ.

އެވޮލަންޓިއަރުންގޮވައިގެން ދަތުރު ދިއުމާއި ތަންތަން ދައްކާލުމުގެ ކަންކަން ހިގައެވެ. ދުވަސްކޮޅަކުން އެމީހުންތިބޭ ގޭގެ ޖަންކްޝަންގައި މައްސަލަޖެހިގެން ގޭގެ ވެރިމީހާ މީހުންގެނެސް ސާފުކުރަން ބެލިއިރު ހޮޅިތައް ބެދި ޖަންގްޝަން ފުރިފައިވަނީ ކޮންޑޮމް ނުވަތަ ސުންނީ އުރައިންނެވެ. ގޭގެ ވެރިމީހާ އެހުރިހައި އެއްޗެއް ވަކިވަކިން ގުނައިހެދިއެވެ. 100 އަށްވުރެ އިތުރެވެ. އޭނާ ބުނީ އެއީ ހުސް ޒިނޭކަމަށެވެ. ދެން އައިރުޅިން އެޖަމްއިއްޔާއަށް އޭނާގެ ގެ ބޭރު މީހުން ބައިތިއްބަން ދިނުން ހުއްޓައިލިއެވެ.

މިކަމުގައި ހިގަމުންދާ ބަހުސްގެ ދެކޮޅު

ޑޮލަރު ހިފައިގެން ޔޫރަޕުން އަންނަ މީހާ އާއިލާގެތެރެއަށްގެނެސް މެހްމާންދާރީ ދޭން ފެށުމުން އެކިގޮތްގޮތުން ޒިނޭއަށް މަގުފަހިވުމާއި އެކަމުގެ ސަބަބުން އާއިލާގެތެރޭގައި މައްސަލަތައް ޖެހެންފެށުމާއި މިފަދަ ގުޅުންތަކުން އާއިލާ ރޫޅުން އިތުރުވުމާއި މުސްލިމް އާއިލާގެތެރޭގައި އޮންނަ ލަދުވެތިކަމުގެ ފަރުދާނެގި، އިޖްތިމާއީ ފޭރާންވީދި، މިނޫންވެސް އެއްޖިންސުން ގުޅުންހިންގުންފަދަ ނުބައި މުންކަރާތްތައް އާއިލާގެތެރެއަށް އިތުރުވުން ނޫންކަމެއް ނެތްކަމަށް މިކަމާއި ދެކޮޅަށް ވާހަކަދައްކައި ހެދި އައްޑޫ މީހުން އާގިއުކުރިއެވެ.

އެއީވެސް ގިނަ ބަޔެކެވެ. އާއްމުގޮތެއްގައި ޔޫރަޕްފަދަ ތަންތަނުން އަންނަ ގިނަ ފަތުރުވެރިންނަކީ މިފަދަ ހުރިހާ ތަޖުރިބާއެއް ހާސިލުކޮށް އުފާކޮށްލަން ދަތުރުކޮށް ހަދާ ބައެކެވެ. މިނޫން މީހުންވެސް އާދެއެވެ.

މިކަމާ އެއްކޮޅަށް ވަކާލާތުކުރާ މީހުންގެ ނަޒަރުގައި ޒިނޭއަށް މަގުފަހިވާނެކަމަށް ދުށުމަކީ ކަޓުވިސްނުމެކެވެ. މީހުންގެ އަގީދާ އެހާބަލިކަށިކަމަށް ދެކިގެންނުވާނެއެވެ. ދަތުރުކޮށްފައި އަންނަ ފަތުރުވެރިޔާ އަންނަނީއަކީ ޖިންސީއުފާވެރިކަން ލިބިގަންނާކަށެއް ނޫނެވެ. ގޭގެއަށް ގެސްޓުން ގެންނަންފެށުމުން އާދައިގެ ފަގީރު އާއިލާތަކަށް ތަނަވަސްކަން ލިބި މުއްސަނދިންގާތު ސަލާންޖަހަންޖެހޭ ޖެހުން ހުއްޓުމަކަށް އަންނާނެކަމަށް އެމީހުން ދެކެއެވެ. ފަތުރުވެރިކަމާއި އެހެންދާއިރާތަކުން ކުދިވިޔަފާރިތައް ކުރިއަރައިގެންދާނެއެވެ. ޚާއްސަގޮތެއްގައި މިކަމަށް ވަކާލާތުކޮށް ހަދާ އައްޑުއަތޮޅުގެ އަންހެން ބޭފުޅުން ގިނަކަން ކްލަބް ހައުސްގެ ފޯރަމްތަކުން އަޅުގަނޑަށް ފާހަގަކުރެވުނެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ. މުސްލިމް ގައުމުތަކުގައި މިގޮތަށް އަބިންނާ ދަރިން ދިރިއުޅޭ ގޭގޭތެރެއަށް މެހްމާނުން ވައްދައިގެން ފަތުރުވެރިކަން ޕްރޮމޯޓްކުރަނީ ކޮން ގައުމުތަކެއްގައިބާވައެވެ. މިދައްކަނީއަކީ ގެއާއި މުޅިން ވަކިން ކޮޓަރިއެއް އަޅާފައި އެތަން ފަތުރުވެރިޔާ ހުންނަގޮތަށް ކުއްޔަށްދޭ ވާހަކައެއްނޫނެވެ.

މިވެސް ކިޔާލާ:

މުރާދުގެ ވާހަކާގައި ގެންނަވާފައި އެވަނީ މިވައްތަރުގެ ފަތުރުވެރިކަމަކީ ކޮބައިކަމެވެ. އެއީ އާއިލާއާއެކު އެއް ސިޓިން ރޫމެއް ހިއްސާކޮށް އެއް ސުފުރާއެއްގެ މަތިން ކައިބޮއި އެއްބަޔެއްގެ ވާހަކަތައް އަނެއްބަޔަކަށް ހިއްސާކޮށް އާއިލާ އެމީހަކަށް ތައާރްކޮށްގެން ދޭ މެހްމާންދާރީއެކެވެ. މިމެހްމާންދާރީގެތެރެއިން އަމިއްލަ އަނބިމީހާ ފަތުރުވެރިޔާގެ ދާން ފަޅުފިލުވައިދީ އަމިއްލަ ފިރިމީހާ ބިދޭސީ ޒުވާން އަންހެންމީހާގެ އެނދު ފަޅުފިލުވައިދޭ އަދި އަމިއްލަ ދަރިން އެމަގަށް އެބުރިގެންހިގައިދާނެކަމަށް ވާހަކަދައްކާ މީހާއަކީ ޖިންސީ އެދުންވެރިކަން ބޮލަށްލައިގެން އުޅޭމީހެއްކަމަށް ސިފަކުރިޔަސް އެއީ އިންސާނާގެ ތަބީތެވެ.

ދުނިޔޭގައި އިންސާނާ އެންމެ ބޮޑަށް ހާސިލުކުރަން ބޭނުންވާ ކަމަކީ އަދި އިންސާނާގެ އެދުންތަކުގެ އެންމެ ކުރީގައިވަނީ ޝަހްވަތުގެ އެދުންތައްކަމަށް ގުރުއާންގެ އަންގަވާފައިވެއެވެ.  އާލަ އިމްރާން ސޫރަތުގެ 14 ވަނަ އާޔަތުގައި އެވަނީ އިންސާނާގެ ތަބީއަތުގެ ވާހަކަތަކެވެ. އާދަމުގެ ފާނާއި ޙައްވާގެ ފާނު ޝައިތާނާގެ ވަސްވާސްތަކުގައި ޖެހިވަޑައިގަތީ އެދެބޭފުޅުންގެ ތަގުވާވެރިކަން ކުޑަވެގެންނެއް ނޫނެވެ. އެއީ އިންސާނާގެ ތަބީއަތެވެ.

މިއީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކަން ހުއްދަދޭން ހުށަހެޅި ޕްރޮގްރާމްގެ ލައިޓްވާޝަނެއް

މީހުން ދިރިއުޅޭ ގޭގޭގައި ބޭރުގެ ޓޫރިސްޓުން ބައިތިއްބައިގެން ޑޮލަރު ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. މިވައުދަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްހަދައި އެރަށްރަށުގައި ރާވިއްކަން ހުއްދަދިނުމަށް އިއުލާންކުރި ޕްރޮގްރާމްގެ ލައިޓް ވާޝަނެކެވެ. އުނިކޮށްލެވުނީ ރާވިއްކުމެވެ.

ގެސްޓްހައުސް ހެދުމުން ރައްޔިތުންގެ ދިރިއުޅުމަށް ގެނެވުނު ބަދަލު އެމްޑީޕީން ދައްކަނީ މާފުށިންނެވެ. މާފުއްޓަކީ އެމްޑީޕީގެ ގެސްޓް ހައުސް ޕްރޮގްރާމްގެ ނަމޫނާ ރަށެވެ. ރައްޔިތުންނަށް ކޮށްދިން ބޮޑު ހެޔޮކަމެކެވެ. އެކަމަކު އެރަށުގެ މީހުން ދެކޭގޮތުގައި ރަށުގެ ބަޔަކަށް ކޮންމެވެސް ވަރަކަށް ވަޒީފާ ލިބުނަސް މިއީ ރަށުގެ ރީތިކަން ބޭނުންކޮށްގެން މާލޭގެ މަހުޖަނުންއައިސް ޑޮލަރު ހޯދަން ހުޅުވައިލި ހުޅުވައިލުމެކެވެ.

ރަށުތެރޭގައި މައިންބަފައިންނާ ދަރިންގެ ކުރިމަތީގައި ގެސްޓުން އުޅޭގޮތާއިމެދު މީހުންގެތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އޮވެއެވެ. އެމީހުންގެ އެ ހިތްހަމަނުޖެހުން ދައްކައިދިނީ ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުން އެމްޑީޕީ ބަލިކޮށްގެންނެވެ.

ކޮންމެއަކަސް ރަށްރަށުގެ ގޭގެއަށް ޑޮލަރާއިގެން ޓޫރިސްޓުން ގެންދަން ސަރުކާރުން ފަށައިގެން އުޅޭ ކެމްޕެއިން ޕްރޮމޯޓްކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރ މައުސޫމްގެންދަވަނީ ރަށްރަށަށް ވަޑައިގެން ގޭގެއަށް ޒިޔާރަތްކުރައްވަމުންނެވެ. މީހުންގެ ބޮލަށް މިއަންނަ މުއްސަނދިކަމުގެ ބޮޑުކަމާއި ތިޔާގިކަން ވެއްދެވޭތޯ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުން ގެންދަވައެވެ.

އަންނަ އަހަރު މި ޕްރޮގްރާމް ފަށައިގަންނާނެކަމަށް ވިދާޅުވެއެވެ. އެކަމަކު އައްޑޫން އެހެންވާހަކައެއްވެސް އަޑުއިވިގެންގޮސްފައިވެއެވެ. މިއީ ސަރުކާރުން ރައްޔިތު މީހާ ދަރަނީގައި ޖައްސުވާ ދަރަނީގެ ދަންތުރައެއްކަމަށް ސިފަކުރާ މީހުންވެސް މަދެއްނޫނެވެ. މީހުން ބައިތިއްބާނަމަ ރަނގަޅު ފެންވަރުގެ ކޮޓަރިއެއް ހަދަންޖެހެއެވެ. އެކަމަށް މީހުން ލޯނުނަގައިގެން ތަންތަން ހަދައިނިމޭއިރު ގެސްޓްމީހާއަށް ދަތުރުކޮށްފައި ދެވޭނެ އިންތިޒާމެއް ހަމަޖައްސައިނުދެވިއްޖެނަމަ ލޯނުދެއްކޭނެ ގޮތެއް އޮންނާނީ ނުވެފައެވެ. އާޚިރުގައި އިންވެސްޓްކުރާ މީހާ ދަރައި ހުލިވާނީއެވެ. ރިސޯޓް މުވައްޒަފު ދުވާލު މަސައްކަތްކޮށް ޑިއުޓީ ނިންމާފައި ރޭގަނޑު ނިދަން ރަށަށް އަރަން ފޮނުވަންޖެހޭގޮތަށް ވެފައިވާ ވައުދު ފުއްދަން ގާނޫނެއް ފާސްކޮށްފައި ދޫކޮށްލިގޮތަށް މިބާވަތުގެ ކަމެއް މީހުން ޖަޒުބާތުގައި ޖައްސައިގެން ކުރުން ބުއްދިވެރިކަމަކަށް ވާނެތޯއެވެ.

16%50%33%

ކިޔުންތެރިންގެ ޚިޔާލުތައް

  1. Mi liyun kiyaafa dhivehinge visnumuge koshikan kithanme reechavves engijje! Thimaage amilla aailaa thibunaa fenvarah vetten edheynee kaakuba?

  2. ޒިމޭކޮށްނޫޅޭ މީހަކު މިރާއްޖޭގައި މަދުވާނެ ހުރިހާ ޒަމާނެއްގައިވެސް، މި ރާއްޖެއަށް ޓޫރިސްޓަކު ނާންނަ ޒަމާނުގައި ވެސް ކުރި،

    1. މި ލިއުނު މީހާ އެހުރީ ވަރަށް ބޮޑަށް ބަޔާސްވެފަ މާނަޔަކީ އެއްކޮޅަށް ގޮސް ހުސްވެފަ އެހެނވީމާ މި ނޫސްވެރިން ސަކަރާތޭ ގިނަބަޔަކުބުނަނީ އެއަި ހަމަ ތެދެއް.

  3. މި ވަރަހށް ރަގަޅު އާޓިކަލް އެއް. މިކަމާ ކޮންމެ ބޭފުޅަކުވެސް ވިސްނާ ބިރުވެތި ވާންވާނެ

  4. އިސްލާމްވަންތަކަމުގެއެއްވެސް ސިފައެއް ދިވެހިންގެ ބައެއްމީހުން ގެ ނުހުރޭ . ހުރިހާކަމަކީ މުއްސަދިކަން .ކޮންމެ ފަދަ ކަމެއް ކޮއްގެން ވެސް ފައިސާހޯދުން . ދަރިންނާމެދު ވިސްނާލާނެނަމަ . އަލަށް ގޭތެރެގަ އުޅޭން ފަށާމީހާ ގެ ކިތައްކަންކަން އެކުދިން ކޮޕީ ކުރާނެ . ހަލާކު އަމިއްލައަށް ހޯދައިގަތީ .

ހިޔާލު ދެއްވާ!

Your email address will not be published.