Advertisement

''ލިވަޕޫލް ދޫކޮށް ސަލާހް ބަދަލުވާންވީ ބާސެލޯނާއަށް''

24 Jun 2019 | 07:17

ލިވަޕޫލްއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވަޑް މުހައްމަދު ސަލާހް އެ ކްލަބް ދޫކޮށް ބަދަލުވާންވީ ސްޕެއިންގެ ބާސެލޯނާއަށް ކަމަށް ސެމުއެލް އެޓޫ ބުނެފިއެވެ.

ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެޓޫ ބުނިގޮތުގައި ސަލާހްއަށް އެންމެ ރަނގަޅުވާނީ ބާސެލޯނާގެ މާހައުލެވެ.

2017 ވަނަ އަހަރު ލިވަޕޫލްއައި ގުޅުނު ފަހުން 74 މެޗު ކުޅެދީ 54 ގޯލް އެޓީމަށް ކާމިޔާބު ކޮށްދީފައިވާ ސަލާހްއައި ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އެޓޫ ބުނީ އޭނާއަށް އެފްރީކާ ދޫކޮށްދާން ފުރުސަތު ދިނީ ރެއާލް މެޑްރިޑް ކަމަށައި ނަމަވެސް ބާސެލޯނާގެ ސްޓައިލް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެގޮތުން ސަލާހް ދާން އެންމެ ރަނގަޅު ކްލަބަކީ ބާސެލޯނާ ކަމަށެވެ.

ސްޕެނިޝް ލީގަކީ އެންމެ މޮޅު ލީގް ކަމަށައި އެ ލީގަށް ބަދަލުވާން ފުރުސަތު ލިބިއްޖެނަމަ އެންމެ ރަނގަޅުވާނީ ބާސެލޯނާއައި ގުޅުން ކަމަށްވެސް އެޓޫ ވަނީ ތަކުރާރުކޮށް ފާހަގަ ކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުންތެރިންގެ ތެރޭގައި ހިމެނުމަށް ބޭނުންވާ ހުރިހާ ސިފައެއް ސަލާހުގެ ކިބައިގަ ހުރި ކަމަށްވެސް އެޓޫ ވަނީ ބުނެފައެވެ.

އެޓޫގެ މިވާހަކަތަކާމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ލިވަޕޫލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ޝޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޕްލެޓް ފޯމްތަކުގައި އަޑު އުފުލަމުންނެވެ.

Advertisement

ކޮމެންޓް