Advertisement

ރަފީ ޖަމިއްޔާއިން ކުރިޔަށްގެންދިޔަ "މިލީނިއަމް ކިޑްސް ވީކެންޑް ފަން" ޕްރޮގްރާމަށް ބޮޑު މަގުބޫލުކަމެއް!

24 Jun 2019 | 16:39

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު، (ރަފީ) ޖަމިއްޔާއިން ކުޑަ ކުދިންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދިޔަ "މިލީނިއަމް ކިޑްސް ވީކެންޑް ފަން" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ވައިމާސް ޕްރޮގްރާމް ކުރިޔަށް ގެންދިޔަ ވަގުތު ކުޑަކުދިންނަށް ވަކިން ޙާއްސަ ކުޅިވަރުތަކާއި މައުލޫމާތު ސެޝަން ހިމެނޭގޮތަށް މިލީނިއަމް ކިޑްސް ވީކެންޑް ފަންގެ ނަމުގައި ރަފީ ޖަމިއްޔާއިން ވަނީ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. މިޕްރޮގްރާމްގައި 2 އަހަރާއި 10 އަހަރުގެ ޖުމްލަ 30 ކުދިން ބައިވެރިވެފައި ވާއިރު، މިއީ އެއްވެސް ފީއަކާއި ނުލާ އާންމުކޮށް ހުޅުވާލެވިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން ވައިމާސް ޕްރޮގްރާމުގެ ބައިވެރިންގެ ދަރިންގެ އިތުރުން އާންމުކޮށް ހުޅުވާލި ފުރުސަތު ގަބޫލުކޮށް ޕްރޮގްރާމުގައި ބައިވެރިވި ކުދިންވެސް މިޕްރޮގްރާމުގައި ހިމެނޭކަން ރަފީ ޖަމިއްޔާއިން އުފަލާއި އެކު ފާހަގަ ކުރިއެވެ.

ރަފީ ޖަމިއްޔާގެ ފައުންޑިންގ ޕްރެޒިޑެންޓް ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ މިފަހަރު އަލަށް މިފެށި މިލީނިއަމް ކިޑްސް ވީކެންޑް ފަން ޕްރޮގްރާމަކީ ޒުވާން ގިނަ މަންމައިންތަކެއް ވައިމާސް ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމާއި އެކުވެސް ޕްރޮގްރާމުގައި ބައިވެރި ނުވެވޭ ސަބަބަކަށް ދަރިން ބަލާނެ މީހަކު ނެތުން ކަމުގައި ފާހަގަކުރަމުންދާ ދިޔުމަށް ލުޔެއް ހޯދައި ދީ، އެދަފަ ފަރާތްތަކަށްވެސް ވައިމާސް ޕްރޮގްރާމުގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ޕްރޮގްރާމްތައް ރަފީއިން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި ޑރ.ރަފިއްޔާ ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް