ރަފީ އެންޖީއޯގެ ވައިމާސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

25 Jun 2019 | 14:57

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު، (ރަފީ) ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ބޭއްވި ޔޫތު އޭޒް މިލޭނިއަމް އެސެޓްސް ސީރީޒް (ވައިމާސް)ގެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރަފީ ޖަމިއްޔާއިން ސިލްސިލާކޮށް ހިންގާ ވައިމާސް ޕްރޮގްރާމުގެ ފަހު ސީރީސް ގެ ފުރަތަމަ ޕްރޮގްރާމް އިއްޔެ ކުރިޔަށް ގެންގޮސްފައި ވާއިރު، މިޕްރޮގްރާމަށްވެސް އެހެން ޕްރޮގްރާމްތަކެކޭ އެއްފަދައިން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަށް ރަފީ ޖަމިއްޔާއިން ފާހަގަކުރެއެވެ.

70 ޒުވާނުންނާއެކު އިއްޔެ ވައިމާސް ޕްރޮގްރާމް ކުރިޔަށް ގެންދިޔައިރު، ރަފީ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުޑަކުދިންނަށް ޙާއްސަކޮށްގެން މިލީނިއަމް ކިޑްސް ވީކެންޑް ފަންގެ ނަމުގައި ވަނީ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ.

ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލްއާއި ގުޅިގެން ހިންގާ ވައިމާސް ޕްރޮގްރާމަކީ ދިވެހި ޒުވާނުން ބާރުވެރި ކުރުވާ، މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށް ހެދުމަށް، ރަފީ ޖަމިއްޔާއިން އުފައްދާފައިވާ ޕްރޮގްރާމެކެވެ.

މިޕްރޮގްރަމްގެ ތެރެއިން އަލިއަޅުވާލާ މުހިންމު ބައިތަކުގެ ތެރޭގައި "ހޯޕް ފޯރ އަ ބެޓަރ ލައިފް"، "އެޓިޓިއުޑް ފޯރ ޗޭންޖް"، "ރެސްޕެކްޓް ފޯރ ހިއުމޭނިޓީ" އަދި "ސްޓްރައިވް ފޯރ އެކްސެލެންސް" ހިމެނެއެވެ.

އަދި މިސެޝަންތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ނަފްސު ކުރިއަރުވާ ތަރައްޤީ ކުރުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަސްވުމުގެ އިތުރުން، ލީޑަރެއްގެ ގައިގައި ހުންނަން ޖެހޭ އެންމެހާ ސިފަތަށް ދަސްވެގެންދާނެކަމުގައި ރަފީއިން މައުލޫމާތު ދެއްވިއެވެ. 

Advertisement

ކޮމެންޓް