Advertisement

ލުތުފީ ހުރީ ލަންކާގައި ފުލުހުންގެ ބެލުމުގެ ދަށުގައި: ފުލުުހުން

25 Jun 2019 | 11:54

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާނީ ހަމަލާާގެ މޭސްތިރިކަމުގައިވާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ބުނެފިއެވެ.

ލުތުފީ ލަންކާގައި ހުންނަ އެމްބަސީގައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން، ފުލުހުން ވަނީ ނޫސްބަޔާނަކުން ކަށަވަރުކޮށްދީފައެވެ.

ފުުލުހުން މިރޭ ނެރުުނު ބަޔާނުގައި ބުނެފައިވަނީ ލުތުފީ ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، މިއަަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އޭނާ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހާާޒިރުވެފައިވާ ކަމަށެވެ. 

އެހެންކަމުން ދިވެހި ފުުލުހުންނާއި، ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ސްރީލަންކާާގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އަބްދުﷲ ލުތުފީ ރާއްޖެއަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި ވަގުތު ކޮލަމްބޯގައި އަބްދުﷲ ލުތުފީ ބަލަހައްޓަމުން ގެންދަނީ ދިވެހި ފުލުހުންެގެ ފަރާާތުންކަމަށް ވަނީ ބުނެފައެވެ.

ރާއްޖެއަށް ބޭރަށް ބޭސްފަރުވާ ކުރުމަށް ދިއުމަށް ހުއްދަ ލިބުމުން ލުތުފީ ވަނީ ބޭސްފަރުވާ ކުުރުމަށް އިންޑިޔާއަށް ދިއުމަށްފަހު ސްރީލަންކާއަށް ގޮސްފައެވެ. އޭނާ މިހާާތަނަށް ސްރީލަންކާގައި އުޅެމުންދިޔައީ ފާއިތުވެދިޔަ ދެ ސަރުކާާރުންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

Advertisement

ކޮމެންޓް

Advertisement