Air traffic
 އެއަރ ޓްރެފިކްގެ ސްކްރީން ޝޮޓެއް l

ވެލާނާ އެއާޕޯޓު ތޮއްޖެހި އެތައް ފްލައިޓެއް ނުޖެއްސި މަތީގައި މަޑުކުރަން ޖެހިއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭއަށް ޖައްސާ ބޯޑުފަހަރުގެ އަދަދު އިތުރުވެ ބައެއް ބޯޑުތައް ނުޖެއްސި މަތީގައި މަޑުކުރަން ޖެހިއްޖެއެވެ.

އެއަރޓްރެފިކް މަޢުލޫމާތު ގެނެސްދޭ ފްލައިޓް ރާޑަރ އިން ފެންނަ ގޮތުން ގިނަ އަދަދެއްގެ ބޯޓުތައް ނުޖެއްސި މަތީގައި އެބަ ތިއްބެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ބޯޓުތައް ނުޖެއްސި މަތީގައި އިތުރު ގަޑިއެއްހާއިރު ހޭދަކުރަން ޖެހިދާނެކަމަށް އެ ބޯޓުތަކުގެ ކެޕްޓަނުންވަނީ ބުނެފައެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ބޭނުންވެ ނުޖެއްސި ގިނަ ބޯޓުތަކެއް މަތީގައި އޮންނަން ޖެހިފައިމިވަނީ، ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ ދަތުރުކުރަން ފަށާފައިވާ ދުވަސްވަރެއްގައެވެ.

މިވެސް ކިޔާލާ:

ހާއްސަކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން މި ދުވަސްވަރު ދަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. އެގޮތުން އަހަރުގެ 1 މިލިއަންވަނަ ފަތުރުވެރިޔާ އިއްޔެވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ރާއްޖެއަށް އައިސްފައިވަނީ 6،000 ފަތުރުވެރިންނެވެ. އަދި އެވަރެޖް ކޮށް 8.9 ދުވަހު ފަތުރުވެރިން ރާއްޖޭގައި މަޑުކުރެއެވެ. ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވީ ނަމަވެސް، ކުރީ ސަރުކާރުން އެޅި އައު ރަންވޭ އަދި ވެސް އޮތީ ބޭނުން ކުރަން ނުފަށާކަން ފާހަގަ ކޮށްލެވެއެވެ. އެކަން ވެފައި ނުވަނީ އާ ސީޕްލޭން ޓާމިނަލް ހުޅުވުން ލަސްވުމުގެ ސަބަބުންކަމަށް ވަނީ އެނގިފައެވެ.

62%25%12%

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޢާސީޕްލޭނޭ ކިޔާކިޔާ ތިބެފަ ތިޔަ އުޅެނީ އަނެއްކާވެސް އެއަރޕޯޜޓް
    ޓިއުޅޭ ބައިގަނޑުގެ ގާތް ބަޔަކަށް ދޭން . ޢެހެންވެ ފަހުން ހެދި ރަންވޭއާ އަޅާ ނުލާ އެތިބެނީ.

  2. ސަރުކާރަށް ކުރަފި އެރީމަ ވާނީ މިކަހަލަ ގޮތެއް، ރައްޔިތުން ނުޖެހޭ މިމީހުން ޖަހާހައި ސަކަރާތެއް ބަލަން ތިބޭކަށެއް. އިންގުލާބު ގެންނާން އެބަޖެހޭ، ޤައުމު ފޭލްނުވަނީސް.

Leave a Reply to ރަނާ ރައްދު ކެންސަލް

Your email address will not be published.