Advertisement

މިއަދުގެ އަޑު އެހުމަށް ފަހު، ހުކުމް އިއްވާނެ ދުވަހެއް އިއުލާން އިއުލާން ކުރައްވާނެ

16 Oct 2018 | 09:48

ނިމިދިޔަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބު ވުމުން އެކަން ގަބޫލު ކުރައްވާ އިއުލާން ކުރެއްވުމަށްފަހު އިންތިހާބަގައި މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވެ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެށް ސުޕްރީމް ކޯޓަށް ވެއްދީ ނިމިގެން ދިޔަ ހަފްތާގެ ތެރޭގައެވެ.

މިމައްސަލައިގެ އަޑު އެހުންތައް ފާއިތުވި ދެދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ އިންތިހާބު ބާތިލް ކޮށްދިމުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފަހު އަޑު އެހުން މިއަދު ބާއްވަން ނިންމާފައިވީ ކަމުގައި ވިޔަސް މިހާތަނަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މައްސަލައިގެ ހުކުމް އިއްވާނެ ދުވަހެއް އިއުލާން ނުކުރައްވައެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގައި އޮންނާނީ ސިއްރު ހެކީގެ މައްސަލަ އަށް ގޮތެއް ނިންމުން ކަމުން ބެލެވޭ ގޮތުން މާދަމާ އަކީ ހުކުމް އިއްވާނެ ދުވަސް ކަމަށް ބެލެވެއެވެ.

ހެނދުނު 10:00 ގައި ބާއްވާ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް މިހާރު ވަނީ މީހުން ވައްދާފައެވެ. އަޑުއަހަން ވަނަން މީޑިއާތަކާ އެކު 33 މީހުންނަށް ކޯޓުން ވަނީ ފުރުސަތު ދީފައެވެ.

Advertisement

ކޮމެންޓް