އޭސީސީގެ ރައީސް މަގާމުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި

25 Jun 2019 | 15:31

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ، މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ލުތުފީ މަގާމުން ވަަކިކުރަން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އޭނާ މަގާމުން ވަކިކުރަން ނިންމީ ލުތުފީގެ އެއްވެސް ހަބަރެއް ނުވާތީ، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އުޒުރުވެރިވެފައިވާތީ ކަމަށް ކޮމެޓީގެ މެންބަރުން ވިދާޅުވިއެވެ.

ލުތުފީ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ތިނަދޫ ދެކުނުު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.

އޭސީސީއިން ލުތުފީ ވަކިކުރަން ކޮމިޓީއިން މިއަދު ފާސްކުރިއިރު، މިދިޔަ ފެބުރުއަރީ 10 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނަވަނީ ޗުއްޓީގައެވެ. އަދި ޗުއްޓީ ހަމަވި ނަމަވެސް، އޮފީހަށް ވަޑައިނުގެން ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ލުތުފީ ގަވައިދުން މުސާރަ ނަންގަވާކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement