ދިވެހި ކަނޑުމަހުގެ އެކްސްޕޯޓް ރަޝިޔާއަށް އިތުރުކުރަން މަޝްވަރާކޮށްފި

25 Jun 2019 | 20:17

ދިވެހިކަނޑުމަހުގެ އެކްސްޕޯޓް ރަޝިޔާއަށް ފުޅާ ކުރުމަށް ދެގައުމުގެ މެދުގައި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރަޝިޔާއަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ރަޝިޔާގެ ފޮރިން މިނިސްޓަރ ސަރގެއި ލަވްރޯވްއާއި އެކުު ބޭއްވި ބައްދަލުވުމުގެ ތެެރެއިންނެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ބައްދަލުވުމުގައި މަހުގެ އެކްސްޕޯޓް އިތުރުުކުރުމުގެ އިތުރުން ދެގައުމުގެ މެދުގައި ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން ދެގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ވިސާގެ ކަންތައްތައް ލުއިފަސޭހަ ކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ރަޝިޔާގެ ރައްޔިތުންނަށްވެސް ދެގައުމަށް ޒިޔާރަތްކުރުމުން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. ރަޝިޔާއަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ކިޔަވާކުދިން ތިބި ގައުމެކެވެ. އަދި ރާއްޖެއަކީ ރަޝިޔާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

Advertisement

ކޮމެންޓް