ހިޔާ ފުލެޓްތައް ނިމޭނީ އަންނަ އަހަރުގެ މާރިޗު މަހު: އެޗްޑީސީ

25 Jun 2019 | 21:04

ނިމިދިޔަ ރައީސް ޔާމީން ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަންފަށާފައިވާ 7000 ފްލެޓްގެ ޕްރޮޖެކްޓް ނިންމާލެވޭނީ އަންނަ އަހަރުގެ މާޗު މަހަށްކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

ހިޔާ ފްލެޓްގެ މަސައްކަތާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް ވިދާޅުވިގޮތުގައި މިހާރު ފުލެޓްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ފިނިޝިން މަސައްކަތް ކަމަށް ސުހައިލު ވިދާޅުވިއެވެ. ސުހައިލު ވިދާޅުވި ގޮތުގައި މަސައްކަތް އެއްކޮށް ނިންމައި އަންނަ އަހަރުގެ މާރިޗު މަހު ފުލެޓަށް ވަދެވޭނެ އެވެ.

މީގެ އިތުރަށް ސުހައިލު ވިދާޅުވީ 7000 ފްލެޓްގެ ޕްރޮޖެކްޓްގެ ސްޓަކްޗާ އަށް ބޮޑެތި ބަދަލުތަކެއް މިހާރު ނެގެސްފައިވާ ކަމަށާއި، އެ ޕްރޮޖެކްޓް ނިމޭއިރު ހުންނާނީ 6860 ފްލެޓް ކަމަށެވެ.

ހިޔާ މަޝްޢޫގައި 25 ބުރިއަށް އިމާރާތް ކޮށްފައި ހުރި އިމާރާތްތަކުގެ ބޮލޮކެއްގައި 450 ފްލެޓް ހުންނާނެ ކަމަށާއި ބްލޮކެއްގައި ގާތްގަނޑަކަށް 2000 މީހުންނަށް ދިރިއުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން އާންމުކުރި ފުލެޓް ލިސްޓް އަލުން ރިވިއު ކުރާނެ ކަމަށް ވެސް މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުހެއިލް ވަނީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement