Advertisement

ހިޔާ ފްލެޓްގެ އަގުތައް ހެޔޮކުރީ އާ ސަރުކާރަށް އުނދަގޫކުރަން: ހައުސިންގ މިނިސްޓްރީ

29 Jun 2019 | 10:00

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައް އަގުހެޔޮކުރީ އާ ސަރުކާރަށް އުނދަގޫކުުރުމަށް ކަމަށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޝާމިން ވިދާޅުވެއްޖެއެވެ.

ޝާމިން މިހެން ވިދާޅުވީ ކުރީގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއާއި ހަވާލާދީ، ހިޔާ ކުލީގެ ގޮތުގައި 5600ރ ނެގުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ރަސްމީކޮށް ނިންމާފައިކަމަށް ބުނެ ގެނައި ޚަބަރަށް ރައްދު ދެއްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ އެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 5600ރުފިޔާާ ނެގުމަށް ނިންމައި ރައީސް އޮފީހުގެ މިނިސްޓަރ ޣައްސާން މައުމޫން ސޮއިކުރައްވައި ޑރ.މުއިއްޒަށް ފޮނުއްވި ސިޓީގެ ތާރީޚުގެ ގޮތުންވެސް އެއީ މި ސަރުކާރަށް ދަތިކުރުމަށް ކުރި ކަމެއްކަން އެނގޭކަމަށެވެ.

އެގޮތުން އެ ސިޓީގައި ފޮނުވާފައިވަނީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބުގެ ފަހުން 17އޮކްޓޯބަރު 2018ގައިކަން ޝާމިން ފާހަގަކުރެއްވިއެވެ.

"ވޮއިސް" އާއި ވާހަކަ ދައްކަވަމުން ޝާމިން ވިދާޅުވިގޮތުގައި ރައީސް އޮފީހުން މި ސިޓީ ފޮނުވާފައިވަނީ 2018 ވަނައަހަރުގެ ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބުވުމަށް ފަހުކަމުން، އެ ނިންމުން ނިންމާފައިވަނީ އެއްވެސް އިހްލާސްތެރިކަމެއް ނެތި، އާ ސަރުކާރަށް ތަކުލީފު އުފުލަންޖެހޭގޮތަށްކަން އޭނާ ފާހަގަކުރިއެވެ.

ޑރ މުއިއްޒު ވިދާޅުވިގޮތުގައި ހިޔާ މަޝްޢޫގެ ފްލެޓްގެ މަހުގެ ކުލީގެ ގޮތުގައި 11،000 ޖެހޭ ކަމަށް އެޗްޑީސީން ބުނުމަކީ އެއްވެސް ޓެކްނިކަލް މިންގަނޑަކުން އަސާސެއް އޮތްކަމެއް ނޫނެވެ.

މީގެއިތުރުން އެޗްޑީސީގެ ހިސާބު އަދަދުތައް ބޭނުންކޮށްގެން ހަދާފައިވާ ހިސާބުތަކުން ދައްކާ ގޮތުންވެސް ގިނަވެގެން 7000 ރުފިޔާ އިން 15 އަހަރު ތެރޭގައި ޙަރަދު އަނބުރާ ލިބި ފައިދާވެސް އެޗްޑީސީއަށް ލިބޭނެކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement