Advertisement

މާފަންނު ޓާފް ދަނޑު މިހާރު ހިލޭ ބޭނުންކުރެވޭނެ!

26 Jun 2019 | 13:32

މާފަންނު ސްޓޭޑިއަމްގައި ހުންނަ ޓާފް ދަނޑު ހިލޭ ބޭނުންކުރެވޭ ގޮަތަށް ހަމަޖައްސައިފިއެވެ.

މިކަން އިއުލާންކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ކުރެއްވި ޓްވީޓެއްގައެވެ.

މަޚުލޫފް ވިދާޅުވީ މާފަންނު ސްޓޭޑިއަމްގައި ގަޑިއިރަކަށް 2000،1000 އަދި 500ރުފިޔާ އަށް ދޫކުރަމުން ގެންދިޔަ ފުޓްސަލް ޓާފް މިއަދުން ފެށިގެން ހިލޭ ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ 2 އިން ފެށިގެން 6 ޖަހަންދެން އެ ޓާފް އިންނާނީ އެފްއޭއެމްއަށް ދޫކޮށްފައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެހެން ގަޑިތަކުގައި ކުޅެންދާން ބޭނުންވާ ފަރާތްތަކުން ދެން ނަންނޯޓު ކުރާނީ އެކުވެނި ގައި"، މަޚުލޫފް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް