Advertisement

ޔޫރަޕުގެ ގައުމުތަކަށް ވުރެ ސާފު ގައުމަކަށް ޕާކިސްތާން ހަދާނަން: ބޮޑުވަޒީރު އިމްރާން ހާން

16 Oct 2018 | 14:31

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޔޫރަޕުގެ ގައުމުތަކަށް ވުރެ ސާފު ގައުމަކަށް ޕާކިސްތާން ހައްދަވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވައުދުވެވަޑައިގެންފިއެވެ.

އިމްރާން ހާން މިހެން ވިދާޅުވެފައިވަނީ 'ކްލީން އެންޑް ގްރީން ޕާކިސްތާން' ޕްރޮގްރާމް ލޯންޗު ކޮށްދެއްވަމަށް ފަހު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތަގައި ދުނިޔެ ހޫނުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން ޕާކިސްތާން ގިންތި ކުރެވިފައިވަނީ ހަތްވަނަ އަށް ކަމަށެވެ. ޕާކިސްތާނުގެ ލާހޯރަކީ ޕޮލިއުޝަން އެންމެ ބޮޑު އެއް ސިޓީއަށް މިއަދު ވެފައިވާއިރު ޔޫރަޕުގެ ސިޓީތަކުން މިބާވަތުގެ ކަންތައްތައް ނުފެންނަކަމަށާއި ގައުމު ހަލާކުކޮށްލެވެނީ އަމިއްލަ އަތުން ކަމަށްވެސް އޭނާގެ ވާހަކަފުޅުގަ ވަނީ އަލިއަޅުއްވާލާފައެވެ.

ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ޕާކިސްތާން ސާފު ގައުމަކަށް ހަދައި އެހެން ގައުމުތަކަށް އޮތް މިސާލަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އިމްރާން ހާންވަނީ ވިދާޅުވެފައެވެ.

މި މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ގައުމުގެ ޒުވާނުން އަދި ކުޑަކުދިންވެސް ބައިވެރިވުމަށް އެދިވަޑައިގެން އިމްރާން ހާން ވަނީ ޓުވީޓްވެސް ކުރައްވާފައެވެ.    


Advertisement

ކޮމެންޓް

Advertisement