ގްރެޓާ ތަމްްބާގް އާއި ރައީސް ނަޝީދުު 2018 ވަނަ އަހަރު ބޭއްވުނު ނޫސްވެރިންގެ ބައްދަލވުމެއްގެ ތެރެއިން

ކޮޕް26 އަކީ ބޮޑު ނާކާމިޔާބީއެއް: ގްްރެޓާ ތަންްބާގް

Share on facebook
Share on twitter
Share on telegram
Share on whatsapp

މޫސުމީ ބަދަލުތަކާ ގުޅޭ އ.ދ ގެ ބައްދަލުވުން ކޮޕްް26 އަކީ ބޮޑު ނާކާމިޔާބީއެއް ކަމަށް އުމުރުން 18 އަހަރުގެ ތިމާވެށީގެ އެކްޓިވިސްޓްް ގްރެޓާ ތަންބާގް ބުނެފިއެވެ.

ކޮޕް26 ކުރިއަށް ގެންދާ ސްކޮޓްލޭންޑްގެ ޒުވާނުންްނާ އެކު ހުކުރު ދުވަހު ބޭއްވި ހިނގާލުމެއް ނިންމާލުމަށް ފަހު ވާހަކަ ދައްކަމުންް އެކްޓިވިސްޓް ތަމްްބާގް ބުނީ ކޮޕް26 ވަނީ ފެއިލްްވެފައި ކަމަށާއި، އެއީ ސިއްރެއް ނޫންް ކަމަށެވެ. ތިމާވެށި ރައްކާތެރިކުރާނެ ކަމަށް ވަމުން އަންނަ ވައުތަކާއއި، ދައްްކާ އަގެއް ނެތް ވާހަކަތަކުގެ ތެރެއިންް އަންނަ ޖީލުގެ ވާހަަކަ ދަނީ ކެނޑެމުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މޫސުމީ މައްސަލަތަކަށް ހައްްލެއްް ލިބޭނީ މިހާރަށްވުރެ ބޮޑުތަނުން ކާބަން ބޭނުންކުރުންް މަދުކޮށްގެންް ކަމަށެވެ.

މިވެސް ކިޔާލާ:

"މިހާރު އުފައްދަން ޖެހޭ ސުވާލަކީ މިއީ، އަހަރުމެން މި ވަކާލާތު ކުރަނީ ކޮން ކަމަކަށް؟ އަހަރުމެން މި ވަކާލާތު ކުރަނީ އަމިއްލަ ނަފުސުތަކާއި ދުނިޔެ ސަލާމަތް ކުރަންތަ؟ ނޫނީ އާދައިގެ މަތިން ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދަންތަ؟" ތަންބާގް ބުންޏެވެ.

ޒުވާނުންްގެ ހިނގާުމުގައި އެންމެ އިސް ސަފުގައި ހަރަކާތްްތެރިވަމުން ދިޔައީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންްމެ ބޮޑަށް ގެއްލުންވާ ގައުމުތަކުގެ ޖަންްގަލީގެ ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ. މި ހިނގާލުމުގައި ފަންްސަވީހަކަށް ހާސް މީހުން ވަނީ ބައިވެރިވެފައެވެ. މި ހިނގާލުން ކުރިއަށް ގެންގޮސްްފައި ވަނީ ކޮޕްް26 ގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ވަމުންް ގެންދާ ގެެއްލުންތަކަށް ހައްލު ހޯދުމަށް އެކަށީގެންވާ އަވަސް ފިޔަވަޅަކާ ހަމަައަށް ދިއުމަށް މަސައްކަަތްް ނުކުރާތީއެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.