ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުރި ތަނަށް ގޮތް ނޭގޭ ބަޔަކު ވަދެފައި ވާކަން ސަރީއަތުގައި ހާމަވެއްޖެ

16 Oct 2018 | 14:50

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސް ރައްކާ ކުރެވިފައި ހުރި ސެކިއުރިޓީ ރޫމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ނުދޭ، ގޮތް ނޭގޭ ބަޔަކު އެތައް ފަހަރެއް މަތިން ވަދެފައި ހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން ހާމަވެއްޖެއެވެ.

މީގެ ކުރިން އިލެކްޝަން ކޮމިޝަނުގެ ރައީސް ސަންގުޓީވީއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ، ވޯޓް ކަރުދާސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައި ސެކިއުރިޓީގެ ދަށުގައި ކަމަށެވެ. 

މީގެ އިތުރުން ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުރި ތަނަށް ވަން މީހުން އެނގޭނެ ގޮތައް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލޮގް ބުނާ ގޮތުން ކޮމިޝަންގެ މެންބަރުން ވެސް އެތަނަށް ވަނެވެ.

ރައީސް ޔާމީންގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގާ ތަހުޤީގެއްގައި އީސީ މެންބަރުން އެތަނަށް ވަނީ ކީއްކުރަންތޯ ބަލައިދިނުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތީޚާބުގައި ވޯޓް ލުން ކުރިއަށް ދިޔައިރު ހިނގާފައިވާ ކަންތައްތައް ތަޙްޤީޤު ކޮށްދިނުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު ގޮތެއް ނިންމާނީ އެމައްސަލައިގެ ޙުކުމް ކުރާއިރު ކަމަށް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް