އެމްއައިބީގެ ބައެއް ހިއްސާތައް އާންމުންނަށް ހުޅުވާލައިފި
މޯލްޑިވްސް އިސްލާމިކް ބޭންކްގެ 31އިންސައްތަ ހިއްސާ އާންމުންނަށް ވިއްކުމަށް ނިންމައިފިއެވެ.
އެމްއައިބީ މިހާރު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފައިވާއިރު، 244 މިލިއަން ރުފިޔާގެ ހިއްސާ އާއްމުކޮށް ވިއްކަން ވަނީ ހުޅުވާލާފަ އެވެ.
އެ ބޭންކުން ވިއްކަން ހުޅުވާލާފައި ވަނީ އެމްއައިބީގެ 157 މިލިއަން ރުފިޔާގެ ހިއްސާ (4.5 މިލިއަން ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަރުގެ 87 މިލިއަން ރުފިޔާގެ ހިއްސާ (2.4 މިލިއަން ހިއްސާ) އެވެ.
އެއީ ހިއްސާ 35 ރުފިޔާގެ މަގުން ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. ބޭންކުގެ ޖުމްލަ އާއްމު ހިއްސާ އަކީ 6.9 މިލިއަނަށްވާއިރު، އެއީ 31 އިންސައްތަ ހިއްސާ އެވެ.
މި ހިއްސާތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ޖުލައި 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާ އަށް ވިއްކި ނަމަވެސް މަދުވެގެން ގަނެވޭނީ ފަހަރަކު 700 ރުފިޔާގެ ހިއްސާ (20 ހިއްސާ) އެވެ. އެ އަދަދު 10 ހިއްސާ އިން ފެށިގެން ބޭނުން މިންވަރަކަށް އިތުރު ކުރެވޭނެކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ
Advertisement
This content is created and paid for by advertisers and does not involve Voice Journalists