ލުތުފީ ގުޅިފައިވަނީ އެތަކެއް ދިވެހިންގެ މަރާއި، އޭނާ އަނބުރާ ގެނެވޭނެ: ރައީސް ނަޝީދު

30 Jun 2019 | 16:30

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ގުޅިފައިވަނީ އެތަކެއް ދިވެހިންގެ މަރާއި ކަމަށާއި، އޭނާާ ސްރީލަންކާއިން އަނބުރާ ރާއްޖެއަށް ގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އިރާާދަކުރެއްވިއްޔާ ލުުތުފީ ރާއްޖެއަށް ގެނެވޭނެކަމަށެވެ.

މީގެ ކުރިންވެސް ދިވެހިން ރާއްޖެެއިން ބޭރަށްގޮސް ފިލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މީހަކު ރާއްޖެއިން ބޭރަށް ފިލުމުން އެމީހަކު އަނބުރާާ ގެނައުމަކީ މަދު ފަހަރަކު ނޫނީ ނުކުރެވޭކަމެއް ކަމަށެވެ. އެގޮތުން ޚުދު އެމަނިކުފާނު ގެންނަން ކުރީގެ ރައީސް ޔާމީން މަސައްކަތް ކުރިކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ލަންކާއަކީ އދ.ގެ އެތަކެއް ޗާާޓަރުތަކެއްގައި ސޮއިކޮށްފައިވާ ފަރާތެއްކަމަށާއި ލުތުފީ އަމިއްލައަށް އެމްބަސީއާއި ހަވާލުވީ ސްރީލަންކާގައި ހިނގި އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތަކުގެ ދުވަސްވަރުގައި ކަމަށެވެ. 

އެހެންކަމުން ލުތުފީ ހަވާލުވި ދުވަހުން ފެށިގެން ލަންކާގެ ސަރުކާރާއި އދ.އާއި ގުޅިގެން އޭނާ އަނބުރާ މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ލުުތުފީ ގުޅިފައިވަނީ ކިތަންމެ ދިވެހިންގެ މަރާއި ދައްޗާއި އަދި ތަކުލީފުތަކާއިކަން ރައީސް ނަޝީދު ބަޔާންކުރެއްވިއެވެ.

Advertisement

ކޮމެންޓް