ރައީސް ޔާމީން ދުސްތޫރީ މައްސަލައެއްގެ ސިފައިގަ ހުށަހެޅުއްވީ ނާކާމިޔާބީގެ އުދާސްތަށް: ހިސާން

16 Oct 2018 | 16:22

ރިޔާސީ އިންތިހާބް ބާތިލް ކުރައްވަން ރައީސް ޔާމީން ދުސްތޫރީ މައްސަލައެއް ގޮތުގައި ހުށަހަޅުއްވައިގެންް އެ އުޅުއްވަނީ ބަލި ގަބޫލު ނުކުރެވިގެން އެކަމުން ލިބުނު ވެނާ ހިތާމަޔާ ހިތްދަތިކަން ކަމަށް ކޯލިޝަނުގެ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން ވިދާޅުވީ ރައްޔިތުންގެ ބަސް ރައްޔިތުން ވަރަށް ސާފުކޮށް 23 ސެޕްޓެމްބަރުގެ ވޯޓުންވަނީ ދައްކާފައި ކަމަށެވެ.

ދުސްތޫރީ މައްސަލައަކަށް ހައްދަވައިގެން މި ކަންތައް ހުށަހެޅުއްވީ ރައީސް ޔާމީނަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން ލިބިފައިވާ ހިތާމައިގެ އުދާސްތައް ކަމަށް ހިސާން ވަނީ ތުހުމަތު ކުރައްވާފައެވެ.

"މިމައްސަަލައީ ރައްޔިތުންގެ ބަސް ރައްޔިތުން އިއްވާ 23 ސެޕްޓެންބަރ ދުވަހު ރައްޔިތުންނަށް ގާނޫނު އަސާސީ ކަށަވަރު ކޮށްދީފައޮތް ހައްގުގެ ބޭނުންކޮށް ވޯޓްލުމުން އެވޯޓްގެ ނަތީޖާޔާމެދު ހިތްހަމަ ނުޖެހިގެން ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައެށް، ނަތީޖާ ގަބޫލްނުކުރެވި، ބަލި ގަބޫލް ނުކުރެވިގެން އެ އިހްސާސް ކުރެވުނު ވޭނާ އުދާސްތަކާ އާހުން މިމައްސަލައިގަ ދުސްތޫރީ މައްސަލައެއް ސިފައިގަ މިއަދު ހުށަހަޅުއްވައިގެން މި ކުރިއަށް ގެންދަވަނީ އަދި ރައީސް ޔާމީން މި އެދި ވަޑައިގަންނަވަނީ ގާނޫނު އަސާސީ ދިވެހި ރައްޔިތުން އެ ބޭނުންކުރި ވޯޓް ލުމުގެ ހައްގު ބާތިލްކޮއްދިނުމަށް، ނުވަތަ އެހައްގުގެ ނަތީޖާ ބާތިލްކޮށްދިނުމަށް" ހިސާން ވިދާޅުވިއެވެ.

ކޯލިޝަނުން ވާނީ ދިވެހިން ބޭނުންކުރި ވޯޓްލުމުގެ ހައްގަކީ ބާތިލް ނުކުރެވޭނެ ހައްގަކަށް ހައްދަވައި ދެއްވުމަށް މިއަދު ސުޕްރީމް ކޯޓްގައި ދިވެހި ރާއްޖޭގެ އުއްތަމަ ފަޑިޔާރާއި އަދި އެހެން ފަޑިޔާރުންގެ އަރިހުންވެސް އެދިފައި ކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް