ލުތުފީ ރާއްޖެ ގެނައުމާާއި ދެކޮޅަށް މަވޯޓާ ޝަރީފް ވާހަކަފުުޅު ދައްކަވައިފި

01 Jul 2019 | 12:00

1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިން އުދުވާާނީ ހަމަލާގެ މޭސްތިރިކަމަށް ޝަރީއަތުން ކަނޑައަޅާފައިވާ ހ.ހާޖަރާގޭ އަބްދުﷲ ލުުތުފީ، ސްރީލަންކާއިން ރާއްޖެ ގެނައުމާއި ދެކޮޅަށް މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ އިބްރާާހިމް ޝަރީފް ވާހަކަފުުޅު ދައްކަވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ ލުތުފީ އަކީ މިއަދު 70 އަހަރު ވާން ކައިރިވެފައި ހުރި މުސްކުޅިއެއް ބަލިމީހެއްކަމަށާއި އެހެންކަމުން ދިވެހި ސަރުކާރުން ބޮޑު ޚަރަދެއް ކޮށްގެން އޭނާ ރާއްޖެ ގެނައުމުގެ ބޭނުމެއް ނެތްކަމަށެވެ.

ޝަރީފް އިތުރަށްވަނީ ލުތުފީ ޖަލުގައި ހޭދަކުރި މުއްދަތާއި، ޝަރީޢަތް ކުރިއަށް ދިޔަ ގޮތަށް ބަލާފައި އެންމެ ރަނގަޅު ގޮތަކީ އޭނާ އަށް މަޢާފް ދިނުން ކަމަށް ފާހަގަކުރައްވާފައެެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ލުުތުފީގެ މައްޗަށް ޝަރީއަތް ހިންގިފައިވަނީ އިންސާފަކުން ނޫންކަމަށާއި އޭނާއަށް ކުރެވުނު އަނިޔާތަކުގެ މަންޒަރު ފެނިވަޑައިގަތް ކަމަށެވެ. 

Advertisement

ކޮމެންޓް