ވޮއިސް ގްރެފިކްސް

ކުރީ ސަރުކާރުން ނިންމި މިސަރުކާރަށް ތަންފީޒު ނުކުރެވުނު ހަމައެކަނި ކަމަކީ ހިޔާ ފުލެޓުގެ ކުލި ކުޑަކުރުން! 

Share on facebook
Share on twitter
Share on telegram
Share on whatsapp

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރާ ކަންކަމަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވާ ހިސާބުން، އެ ގޮތަށް ސަރުކާރުން ޢަމަލުކޮށްފައިވަނީ "ކުރީ ސަރުކާރުން" ނިންމާފައިވާތީކަމަށް ބުނެއެވެ. މިއީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ވަރަށް ގިނައިން ދެމުންގެންދާ ޖަވާބެކެވެ.

ސިޔާސީ ކަންކަމުގައި ޚިޔާލުފާޅުކުރުމަކީ ވަޒީފާގެއްލޭނެ ވަރުގެ ކުށެއްކަމަށް ކަނޑައަޅާ ސިވިލް ސަރވިސްގެ ގަވައިދަށް ގެނައި ބަދަލާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށްވެސް ސަރުކާރުން ދިން ޖަވާބަކީ އެގޮތަށް އެ ގަވައިދު އެކުލަވާލަން ޖެހުނީ ކުރީ ސަރުކާރުގެ ނިންމުމަކަށް ތަބާވުމުގެ ގޮތުންކަމަށެވެ. 

ރައްޔިތުން މިއަދު އެންމެ ބޮޑަށް ކަންބޮޑުވާ މައްސައެއްކަމަށްވާ، މި ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކަކީވެސް ކުރީ ސަރުކާރުން ހެދި އެކްޝަން ޕްލޭނެއްގެ ސަބަބުން ތަންފީޒުކުރަން ޖެހިފައިވާ އެއްބަސްވުންތަކެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ނޫނަސް ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވާ ގިނަ ސިޔާސަތުތައް މި ސަރުކާރުން ގެންދަނީ ކުރީ ސަރުކާރާއި ޖާމިނުކުރަމުންނެވެ. 

އެހެން ނަމަވެސް ކުރީ ސަރުކާރުގެ ނިންމުންތަކަށް އެހާ ބޮޑަށް އިޙުތިރާމުކުރާކަމަށް ބުނާއިރު އަދި ކުރީ ސަރުކާރުގެ ނިންމުންތައް ތަންފީޒުކުރަމުންދާއިރުވެސް މި ސަރުކާރަށް ކުރީ ސަރުކާރު ބުނެގެންވެސް ނުކޮށްދެވުނު އެއްކަމެއް އެބައޮތެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ މަޝްރޫޢުގެ ފުލެޓުތަކަށް ދައްކަންޖެހޭ މަހުކުލި ބޮޑު ނުކޮށް ހިފަހައްޓާލުމެވެ.

ކުރީ ސަރުކާރުގެ އިސްވެރިންނާއި ކުރީގެ ހައުސިން މިނިސްޓަރ ކެނޑިނޭޅި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދެމުންދާއިރުވެސް މިހާރު އޮތް ސަރުކާރުން އެކަމަށް އިޖާބައެއް ނުދެއެވެ.

ކުރީ ސަރުކާރުން ކަނޑައަޅާފައިވާގޮތަށް ހިޔާ ފުލެޓުތަކަށް މަހަކު ދައްކަން ޖެހޭ ކުލި 5700 އަށް ވުރެ ބޮޑުކުރަން ނުޖެހޭނެކަމަށް ބުނަމުންދާއިރުވެސް މި ސަރުކާރުން ބުނަނީ، އެގޮތަށް އެކަން ކޮށްފިކަމަށްވާނަމަ ސަރުކާރަށް މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހޭނެކަމަށެވެ. ނުވިތާކަށް ފުލެޓުތަކުގެ ކުލި ބޮޑުކުރުމަށް ސަރުކާރުން ވަނީ ގަދަފައި ވިއްދާލާފައެވެ. 

މިވެސް ކިޔާލާ:

މުޅި ހިޔާ މަޝްރޫޢަކީ ކުރީ ސަރުކާރަށް ނިސްބަތްވާ މަޝްރޫޢަކަށްވާއިރު، ހިޔާ ފުލެޓުތައް ދޫކުރާނެ އަދަދުތަކުން ފެށިގެން ފުލެޓު ލިބޭނެ މީހުންނާއި ފުލެޓު ހަވާލުކުރަން ނިންމާނެ ތާރީޚުތަކާއި އެ މަޝްރޫޢު ކުރިއަށް ގެންދާނެ މުޅި ޕްލޭން މި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.

ފުލެޓުތައް ދޫކުރީވެސް ކުރީ ސަރުކާރުން ފުލެޓުތައް ދޫކުރަން ނިންމި އަދަދަށްވުރެ މަދުކޮށްފައެވެ. ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ކުރީ ސަރުކާރުން ނެރެފައި އޮއްވާ އެ ބާތިލުކުރުމަށްފަހު އެތައް ބަޔެއްގެ އަތުން ލިޔުން އަތުލާ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނައީ އެކަންޏެއް ނޫނެވެ. ހިޔާ ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ސަރުކާރުގެ ޚަރަދުގައި ނިންމުމަށް ކުރީ ސަރުކާރުން ކަނޑައަޅާފައި އޮއްވާ، ފުލެޓުތަކުގެ އަގު ބޮޑުކޮށް މި ސަރުކާރުން ފުލެޓުތައް ހަވާލުކޮށްފައިވަނީ ފިނިޝިން މަސައްކަތްވެސް ނުނިންމައެވެ.

ހިޔާ ފުލެޓުގައި މީހުން ދިރިއުޅެން ފަށާއިރު ހުޅުމާލޭ ފޭސްދޭއް ތަރައްޤީކުރުމަށް ކުރީ ސަރުކާރުން އެކުލަވާލި ޕްލޭނުގެ އެއްވެސް ކަމެއް މި ސަރުކާރުން އަދި މިހާތަނަށް ކޮށްފައެއްވެސް ނުވެއެވެ. 

ކުރީ ސަރުކާރުގެ ސިޔާސަތަކަށްވެސް ވިޔަސް، އަދި ޕްލޭނަކަށްވިޔަސް މުޅި ހިޔާ މަޝްރޫޢު މި ސަރުކާރުން ވަނީ ގަޑުބަޑުކޮށްފައެވެ. އެހެންކަމުން މިކަމަށް ބަލާލުމުން އެކަނިވެސް ކުރީ ސަރުކާރުގެ ނިންމުމެއްކަމަށް ވިޔަސް މި ސަރުކާރުން ތަންފީޒުކުރަނީ ސަރުކާރުން ބޭނުންވާ ވަކި ކަމެއްކަން ހާމަވެގެންދެއެވެ. ނުވަތަ "ކުރީ ސަރުކާރު" ބަހަނާއަކީ ބައެއްފަހަރު ކުރިމަތިވާ ފާޑުކިޔުންތަކުން ރެކެން މި ސަރުކާރުން ގެންގުޅޭ އުކުޅަކަށްވެސް ވެދާނެއެވެ.

100%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކުރީ ސަރުކާރުން ތިބުނާ ކުލި ކުޑަކުރި ކަމަށް ބުނާ ސިޓީ ނެރުނު ތާރީޚުއަކީ ވެރިކަން ބީވެ އެކަމުގެ ރުޅީގައި އަނެއްބަޔަކަށް ޖެއްސުން ކުރަން ނިންމި ނިމުމެކެވެ.

  2. އާދޭހެވެ. 2023 ގަ ޔާމީނު ބުޅަލެއް ނެރުނަސް އެ ބުޅަލަށް އަހުރެން ވޯޓު ދޭ ހުށި ކަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published.