ވޯޓު ކަރުދާހުން ފާހަގަ ފޭދޭ މައްސަލަވެސް ކޯޓަށް

16 Oct 2018 | 16:13

ސެޕްޓެމްބަރ މަހު 23 ގައި ބޭއްވުނު ރިޔާސީ އިންތިހާބްގައި ވޯޓް ކަރުދާހުގައި ޖެހި ފާހަގަ ދެލި ފޭދޭ ކަމަށް ތުހުމަތުކޮށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ލިބުނު ވޯޓަކީ ރައީސް އަބުދުﷲ ޔާމީނަށް ލިބުނު ވޯޓްގެ ގޮތުގައި ކަނޑައަޅައި ދިނުމަށްއެދި ގާނޫނީ ވަކީލް އަބުދުލްމާނިއު ހުސެއިން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިއީ ރައީސް އޮފީިހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާ ކުރެވިފައިވާ މައްސަލައެކެވެ. މުއާޒް މިވާހަކަ ދައްކަވާ ވީޓިއޯއެއް މީސް މީޑިއާގައި މިހާރު ދައުރުވަމުންދެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް އަލީ ދެއްކި ވާހަކަ

މައްސަލައިގަ ވާތޮތުންނަމަ އިންތިހާބްގެ ވޯޓް ކަރުދާސްގޮތުގައި ބޭނުން ކުރެވުނު ކަރުދާހުން ފާހަގަ ފޭދޭކަމަށްވެއެވެ.

އެގޮތުން ކެނޑިޓޭޓް ނަންބަރ އެކެއް ކަމައްވާ ރައީސް ޔާމިނަށް ހާއްސަކުރެވިފައިވާ ގޮޅީގައި ފާހަގަ ޖެހުމުން ފާހަގަ ފޭދިގެން ކެނޑިޑޭޓް ނަމްބަރު ދޭއް ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގޮޅިއަށް ދާކަމަށާއި ދޭއްގައި ފާހަގަ ޖެހުމުން އެކަކަށް މައްޗަށް އަރާކަމުގެ މުއުތަބަރު ހެކި ލިބިފައިވާ ކަމަށެވެ.

ވޯޓް ކަރުދާހުން ދެލި ފޭދުނުކަމަށް ތުހުމަތު ކުރާ ގޮތުގެ ވީޑިއޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުން

އެހެން ކަމުން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރައްވާފައިވާ ދާއިމީ ނަތީޖާގައި ބަދަލުކޮށްދިނުމައްވެސް މައްސަލައިގައި އެދިފައިވެއެެވެ.

އެގޮތުން ރައީސް ޔާމިން އަށް ލިބިވަޑައިގަންނަވާފައިވާ ވޯޓްއަކީ އިބްރާހިމް މުހައްމަދު ސޯލިހުއަށް ލިބިފައިވާ ވޯޓްކަމުގައި ކަނޑައަޅައިދިނުމަށް ވެސް އެދިފައިވެއެވެ. އަދި އިބްރާހިމް މުހައްމަދު ސޯލިހުއަށް އަށް ލިބިފައިވާ ވޯޓްއަކީ ރައީސް ޔާމިނަށް ލިބިފައިވާ ވޯޓްކަމުގައި ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

މިމައްސަލަ އަދި މިހާތަނަށް ހައިކޯޓުން ބަލައިގެންފައިވާކަމެއް ސާފެއް ނުވެއެވެ.

ހައިކޯޓަށް ވޯޓްބަދަލުކުރުމަށް މައްސަލަ ހުށައަޅުއްވާފައިމިވަނީ ރައީސް ޔާމިން ގެ ފަރާތުން އިންތިހާބްގެ ނަތީޖާ ބާތިލް ކުރުމަށް ހުށައަޅާފައިވާ ދުވަސްވަރެއްގައެވެ.

ސުޕްރީމް ކޯޓް މައްސަލައިގައި މިއަދުވަނީ އަޑުއހުންތައް ނިންމާލާފައެވެ . ދެން އޮންނާނީ އެމައްސަލައިގެ ހުކުމް އިއްވުމެވެ.

 


Advertisement

ކޮމެންޓް