Advertisement

މުސްލިމް ޖޫޑޯ ކުޅުންތެރިޔަކު ބުރުގާ ނުބޭލުމުގެ ސަބަބުން ޑިސްކޮލިފައި ކޮށްފި

17 Oct 2018 | 06:46

2018 ވަނަ އަހަރުގެ އޭޝިއަން ޕެރައޮލިންޕިކްސްގައި ބައިވެރިވި ލޯފަން ޖޫޑޯ ކުޅުންތެރިޔަކު މެޗަށް އެރުމަށް ބުރުގާ ބާލަން އެނގުމުން އެކަމާއި ދެކޮޅު ހެދުމުގެ ސަބަބުން ޑިސްކޮލިފައި ކޮށްފިއެވެ.

މި މުބާރާތުގައި ވާދަކުރުމަށް އިނޑޮނޭޝިއާއަށް ނިސްބަތްވާ 21 އަހަރުގެ މިފްތަހުލް ޖަންނަ ވަނީ 10 މަސް ދުވަސް ވަންދެން ފަރިތަކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން އިނޑޮނޭޝިއާގެ ގައުމީ ޕެރަލިމްޕިކް ކޮމިޓީގެ ރައީސް ކުށްވެރި ކޮށްފައިވަނީ ޖަންނަގެ ކޯޗެވެ. ނަމަވެސް ޖަންނަގެ ކޯޗު ބުނެފައިވަނީ ބުރުގާއާއިއެކު ޖޫޑޯ މެޗަށް ނޭރޭނެކަން ގަވައިދަކަށް ހަދާފައިވަނީ މުބާރާތް ފެށެން އެންމެ ދެ ދުވަހަށްވެފައި ވަނިކޮށް ކަމުގައެވެ.

ހިނގާދިޔަ ކަންތައްތަކަށް ފަހު ދެން ޖޫޑޯގައި ބައިވެރި ނުވާނެކަމަށް ޖަންނަވަނީ ބުނެފައެވެ. އެހެން ނަމަވެސް، އިނޑޮނޭޝިއާގެ އެތައް ރައްޔިތުންނެއް ވަނީ ޖަންނަ އަމަލުކުރި ގޮތުން ތައުރީފުގެ ބަސްތައް މީސް މީޑއާ މެދުވެރިކޯށް އޮއްސާލާފައެވެ.

މިކަންތައްތައް އިނގުމާއެކު އިނޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ވަނީ ޖަންނަ އުމްރާއަކަށް ދިޔުމަށްޓަކައި ދެކޮޅު ޓިކެޓު ދީފައެވެ.

މިއީ ރަން މެޑަލެއް ލިބުމާއި އެއްފަދަ ކަމެއް ކަމުގައި ޖަންނަވަނީ ސިފަކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement