ކައިވެންޏާ ދެކޮޅަށް ވާހަކަ ދެއްކި މަލާލާ ކައިވެނިކޮށްފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ދުނިޔޭގެ އެންމެ ހަގު ނޯބަލް ޕީސް ޕްރައިޒް ހާސިލުކުރި މަލާލާ ޔޫސުފް ޒާއީ އޭނާގެ ކައިވެނި އިޢުލާނުކޮށްފިއެވެ.

މަލާލާ އާއި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގައި މަސައްކަތް ކުރާ އޭނާގެ އަލަތު ފިރިމީހާ، އަސެރް މަލިކް އެއްކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިޔާ އަށް ދޫކޮށްލަމުން ކައިވެނީގެ އުފާވެރި ޚަބަރު ހިއްސާކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކަން މިހެން އޮތްނަމަވެސް، މިއަހަރުގެ ޖުލައިމަހު ވޯގް މަޖައްލާއަށް ދިން އިންޓަވިއު އެއްގައި މަލާލާ ވަނީ ކައިވެނި ކުރުމުގެ ބޭނުމާމެދު ސުވާލު އުފައްދާފައެވެ. އަދި ދެމީހަކަށް އިތުބާރުކުރެވި އެކުގައި އުޅެވޭނަމަ ބައިވެރިން ގޮތުގައި ނޫޅެވެންވީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިއުންތައް އޭނާއަށް އަމާޒު ވެފައިވެއެވެ.

އެ އިންޓަވިއުގައި މަލާލާ ވަނީ ސިޔާސީ، އާދަކާދަ އަދި އަމިއްލަ ދިރިއުޅުން ހިމެނޭ ގޮތުން ތަފާތު މައުޟޫއު ތަކާމެދު ވާހަކަ ދައްކާފައެވެ. ނަމަވެސް ކައިވެންޏާމެދު އޭނާ ފާޅުކުރި ޚިޔާލުތަކުގެ ސަބަބުން މުޅި މީސްމީޑިޔާގެ ހޫނު ވެގެން ދިޔައެވެ.

މިވެސް ކިޔާލާ:

2012 ވަނަ އަހަރު ޕާކިސްތާން ޠާލިބާން ޖަމާޢަތުން އަމާޒުކުރި ވަޒަނެއް ބޮލަށް އަރައި ފުރާނަ ސަލާމަތް ވުމުން، އޭނާގެ މަސައްކަތް ފެށީ ޠާލިބާނުން ހުރަސް އަޅާފައިވާ އަންހެނުންގެ ތަޢުލީމް ކުރިއެރުވުމަށެވެ. މިއަދު އޭނާ މަޝްހޫރު ވެފައި ވަނީ އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ، ޚާއްސަކޮށް އަންހެނުންނަށް ތަޢުލީމް ހާސިލުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދިން ޒުވާން އެކްޓިވިސްޓެއްގެ ގޮތުގައެވެ. މަލާލާވަނީ 2020 ވަނަ އަހަރު އޮކްސްފޯޑް ޔުނިވާރސިޓީއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައެވެ.

0%66%33%

ހިޔާލު ދެއްވާ!

Your email address will not be published.