Advertisement

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމަށް އަލީ އާޒިމް އިންތިޚާބުކޮށްފި

02 Jul 2019 | 18:14

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ޕީޖީ ގްރޫޕުގެ ލީޑަރު ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިންތިހާބުކޮށްފިއެވެ.

އެމަގާމަށް ކުރިމަތިލެއްވީ އަލީ އާޒިމް އެކަންޏެވެ. ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ދެ މެންބަރަކު އިންތިހާބު ކުރަން ޖެހޭއިރު، އެ މަގާމުތަކަށް ކުރިމަލިލެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.

މި މަގާމުތަކަށް އެ މެންބަރުން ހޮވުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

އަމީންއާންމުގެ މަގާމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ކުރިމަތިލެއްވިއިރު، އަމީންއާންމުގެ ނައިބުގެ މަގާމަށް ކުރިމަތިލެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ.

އަދި ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕްގެ މަގާމަށް ކުރިމަތިލެއްވި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ހުރިހާ ބޭފުޅުންވެސް މަގާމުތަކަށް ހޮވުނީ ވޯޓު ދެއްވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި ވިޕުންގެ މަގާމުތަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ބޭނުންވާ އަދަދަށެވެ. އެހެންކަމުން އެ މަގާމުތަކުގެ އިންތިހާބު ކުރިއަށް ދިޔައީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ.

Advertisement

ކޮމެންޓް