އިންތިހާބު ބާތިލް ކުރުން: ހުށަހަޅާފައި މިވަނީ ކޮންސްޕިރަސީ ތިއަރީއެއް!

17 Oct 2018 | 06:57

ރިޔާސީ އިންތިހާބް ބާތިލް ކުރުމަށް ރައީސް ޔާމީން ހުށަހަޅުއްވައިގެން އުޅުއްވާ މައްސަލައަކީ ތުހުމަތުތަކެއް އަދި ކަންތައްތަކެއް ހިނގާފައިވާ ކަމުގެ އިޖްތިމާއުތަކެއް ހުރިކަމަށް ވިދާޅުވެ ހުށަހަޅުއްވާފައިވާ ކޮންސްޕިރަސީ ތިއޮރީ ތަކެއްކަމަށް ގާނޫނީ ވަކީލް ހިސާން ހަސަން ސިފަ ކުރައްވައިފިއެވެ.

އިއްޔެގެ އަޑުއެހުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ އިންތިހާބެއްގަ ދިމާވާ ޖިނާއީ ކަންތައްތަކާ ގުޅޭގޮތުން އަމަލު ކުރަންޖެހޭ އިޖުރާއުތަކެއް ބަޔާންކޮއްފަ އޮންނައިރު އެ އިޖުރާރުތަކާ އެއްގޮތައް މިމައްސަލަ ހުށައެޅިފަރައިތުން އަމަލު ކޮއްފަނުވާކަމަށް ހިސާން ތުހުމަތު ކުރެއްވިއެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އަޅުގަނޑުމެން ފާހަގަ ކުރި މި މައްސަލައަކީ، ވަރަށް ބައިވަރު ތުހުމަތު ތަކެއް ނުވަތަ އެލިގޭޝަންސް ތަކަކާއި އަދި ކަންތައްތަކެއް ހިނގާފަވާކަމަށް އިޖުމާއުތަކެއް ނުވަތަ ޕޮސިބިލިޓީތަކެއް ހުރިކަމަށް ވިދާޅުވެ، ހުށަހަޅުއްވާފައިވާ ކޮންސްޕިރަސީ ތިއޮރީތަކެކޭ، ވީމާ އެބޭފުޅުން އެހުށަހަޅާ ޝަކުވާތައް ނުވަތަ މި ކޮންސްޕިރަސީ ތިއޮރީތައް ސަބްސެންޝިއޭޓް ކުރަން ނުވަތަ ސާބިތު ކޮށްދޭން އެއްވެސް ހެއްކެތް އަދި ގަރީނާ އެއްވެސް ހުށައަޅާފައި ނުވާކަން"

ހިސާން އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ 2013/SCC/42 ގަޒިއްޔާއިން މިނިވަން އިންސާފްވެރި އިންތިހާބެއް ބޭއްވުނުކަން ނުވަތަ ނޫންކަން ކަޑައެޅުމުގަ ބަލަންޖެހޭ ކްރައިޓީރިއާތަށް ވަރަށް ސާފުކޮށް ބުނެދެވިފައިވާނެ ކަމުގައެވެ.

އަދި މިމައްސަލަ ހުށަހެޅުއްވި ފަރާތައް އެގަޒިއްޔާގަ ކަޑައަޅުއްވާފަހުރި ކްރައިޓީރިއާތަކާ ހިލާފު ކަމެއް މި އިންތިހާބުގަ ހިނގާ ދިޔަކަން ސާބިތު ކޮއްދެވިފައެއް ނުވާކަމަށެވެ.

މިއަދު ބޭއްވުނު އަޑު އެހުމުގައިވަނީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ސިއްރު ހެކިންނަކީ ބަލައި ގަނެވޭނެ ހެކިންނެއް ނޫންކަަމަށް ސުޕްރީމް ކޯޓުން ނިންމާފައެވެ.

އެހެންކަމުން މައްސަލައިގެ ހެކިން ހާޒިރު ނުކޮށް މިއަދު ވަނީ މައްސަލައިގެ ހުލާސާ ބަޔާނާއި ޕާޓީ ތަކުން އިއްވަން ބޭނުންވާ އެންމެ ފަހު ބަސް އިއްވުމުގެ ފުރުސަތު ދެއްވާފައެވެ.

އެހެންކަމުން ރައީސް ޔާމިންގެ ފަރާތްޕުޅުންނާއި އިލެކްޝަން ކޮމިޝަންގެ ފަރާތުންވެސް އެބޭފުޅުންގެ ހުލާސާ ނުކުތާތަކެއް ވަނީ އެ ފުރުސަތުގައ ފާހަގަ ކުރައްވާފައެވެ. 

Advertisement

ކޮމެންޓް

Advertisement