އިދިކޮޅު ޖަލްސާ ބާއްވަން ކާނިވާ ދޫކޮށްފި

03 Jul 2019 | 16:34

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މާދަމާރޭ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެ ހުއްދަ ދޫކޮށްފައިވަނީ ކާނިވާ ސަރަހައްދުގައި އިދިކޮޅު ބޮޑު ޖަލްސާއެއް ބޭއްވުމަށް މިދިޔަ މަހަުގެ 27 ގައި ހުއްދައަށް އެދި އެމިނިސްޓްރީއަށް ލިޔުން ހުށަހެޅުމުންނެވެ.

ޕީޕީއެމުން އެދިފައިވަނީ އިރުއޮއްސި 6:00 އިން ރޭގަނޑު 12:00 އަށް ކާނިވާ ސަރަހައްދު އެ ޕާޓީ އަށް ދޫކޮށްދިނުމަށެވެ. އެހެންކަމުން އެވަގުތުތަކަށް މިހާރު ވަނީ ލާނިވާ ސަރަހައްދު ދޫކޮށްފައެވެ.

ޕީޕީއެމްއާއި ޕީއެންސީން އެއްވުމެއް ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ނުކުރާކަމުގެ ތުހުމަތުގައެވެ.

އަދި އޭގެ އިތުރުން ބާޣީ ލުތުފީ ފިލައިގެން އުޅެނިކޮށް އޭނާއަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ހިމާޔަތް ދިނުމުގައި ސަރުކާރުން މިހާތަނަށްވެސް ރަސްމީ ޖަވާބެއް ދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުންވެސް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ވަނީ ފާޅުކޮށްފައެވެ.

ޕީޕީއެމުން މާދަމާރޭ ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް