ރެޑިސަން ބްލޫ ހޮޓެލް ނުވިކުމުން އެއްބަސްވުން އުވާލަނީ

04 Jul 2019 | 12:40

ހުުޅުމާލޭގައި އެސްޓީއޯއިން ތަރައްގީކުރި ރެޑިސަން ބްލޫ ހޮޓެލް ނުވިކި ގިނަ ދުވަސްވުމުން، އެތަނުގެ އެއްބަސްވުން އުވާލުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން މިއަހަރުގެ ތެރޭގައި ހޮޓެލް ވިއްކާލުމަށް އިއުލާންކުރުމުން ބޭރުގެ ބައެއް ކުންފުނިތަކުން އެކަމާއި މެދު ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް އެތަނާއި ރެޑިސަންއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލް އެނގުމުން އެސްޓީއޯގެ ހިއްސާ ގަތުމަށް ދެކޮޅު ހަދާކަމަށް އެ އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިގޮތަށް އެކުންފުނިން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަފުުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރެވެ.

އަމްރު ވިދާޅުވީ އެ އެއްބަސްވުމުގައިވާ ގޮތުން އެސްޓީއޯއަށް ލިބޭނީ އެ ހޮޓެލް ހިންގައިގެން ލިބޭ ފައިދާގެ 12 އިންސައްތަ ކަމަށެވެ.

އެހެންކަމުން އެ އެއްބަސްވުން އުވާލުމަށް ސިންގަޕޫރުގެ ގާނޫނީ ވަކީލެއްގެ ލަފާހޯދަމުންދާާކަމަށް އަމްރު ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ މިގޮތަށް އަމަލުކުރަން ނިންމީ އާބިޓްރޭޝަން ކޯޓަށް ދާާންޖެހިދާާނެކަމުގެ ފުރުސަތު އޮތުމުންނެވެ.

Advertisement

ކޮމެންޓް

Advertisement