ޖޫން25ގައި މާލޭ މަގުމަތިން ޖިންސީ ފުރައްސާރަ ކުރިމަތިވި ފަރާތްތައް ހޯދަނީ

04 Jul 2019 | 13:38

މިދިޔަ ޖޫންމަހުގެ 25ވަނަ ދުވަހު މާލޭގެ މަގުމަތިން އެއްވެސް ފަރާތަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާނަަމަ އެކަން ފުލުހުންނަށް އަންގައިދިނުމަށް އެދިއްޖެއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ 2019 ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގަޔަށް ސައިކަލެއްގައި އައި ބަޔަކު އަތްލައި ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ފުލުހުން ބެލިބެލުމުން ހަމަ އެދުވަހު މާލޭގެ އިތުރު ދެ ސަރަޙައްދަކުން ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ޖޫން މަހުގެ 25 ވަނަ ދުވަހު މާލޭގެ މަގުމަތިން އެއްވެސް މީހަކަށް މިބާވަތު ފުރައްސާރައެއް ކުރިމަތިވެފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި އެކަމުގެ މަޢުލޫމާތު ހިއްޞާ ކުރުމަށް ވަނީ އެދިފައެވެ.

ފަހަކަށް އައިސް ފުލުހުން ދަނީ ފޮށުމާާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންނެވެ.

Advertisement

ކޮމެންޓް