ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރެވޭތޯ ބަލާނަން: ރައީސް ސޯލިހު

04 Jul 2019 | 15:54

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އަގު ކުޑަކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ފްލެޓްތަކުގެ އަަގަކީ 11،000 ރުފިޔާކަމަށް އަަރަނީ އެ ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ނުގެނެސްކަމަށެވެ. ނަމަވެސް އެ ޑިޒައިނަށް ބަދަލުގެނެސް ޖާގަ ތަނަވަސްކޮށްފިނަމަ އެ ތަންތަނުގެ އަގު ބޮޑުވާާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާާނު ވިދާޅުވީ އެ ބަދަލުތައް ގެނެސްފިނަމަ ދެ ކޮޓަރީގެ ފްލެޓަކަށް 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23،000 ރުފިޔާ އަރާކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. 

އެ އަގުތަކަކީ އަތްފޯރާ އަގުތަކެއްކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންކަމުން ސަބްސިޑީ ދީގެން އެތަންތަނުގެ އަގު ހެޔޮކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement