ލުތުފީ ހުރީ އެމްބަސީގައި ނޫންކަން ހާމަވެއްޖެ

04 Jul 2019 | 22:29

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރީ ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ނޫންކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހު ވިދާޅުވީ ލުތުފީ ހުރީ އެމްބަސީގައި ނޫންކަމަށާއި އޭނާާ ހުރީ ދިވެހި ސަރުކާާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ލުތުފީ ހުރީ އެމްބަސީގައި ކަމެއް ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މީގެ ކުރިން ބުނެފައެއް ނުވެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުންވަނީ ލުތުފީ ހުރީ ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބޭފަދަ ވީއައިޕީ ޚިދުމަތުގައިކަމަށްބުނެ މައުލޫމާތު ފަތުރާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ލުތުފީގެ ބަޔާނެއް ލަންކާގެ ފުލުހުންގެ ސީއައިޑީން ނަގާފައިވާ ކަމަށާއި އޭނާ މާލެ ގެންދިއުމަށް ފުލުހުންގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ލުތުފީ މާލެއަށް ގެނައުން ލަސްވަނީ ލަންކާގެ ބަންޑާރަނައިބުގެ އޮފީހުގެ ލިޔުމެއް ނުލިބިގެންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް