Advertisement

ފުލެޓުގެ މަހު ކުއްޔާ ގުޅޭގޮތުން ރައީސް ހެއްދެވީ އިތުރުފުޅެއް: ޑރ. މުއިއްޒު

06 Jul 2019 | 14:16

ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރި ފުލެޓްތަކުގެ މަހު ކުއްޔާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިތުރުފުޅު ހެއްދެވި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފުލެޓްތަކަށް މަހު ކުލީގެ ގޮތުގައި 5600 ރުފިޔާ ނަގަން ނިންމައި، އެކަން އެޗްޑީސީއަށް އަށާއި ހައުސިން މިނިސްޓްރީއަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ. އަދި ކަމާބެހޭ ލިޔުންތަކާއި ފުލެޓްގެ މަހުކުލި އެނގޭނެހެން ތައްޔާރުކޮށްފައިވާ ލިޔުންތައް ރައީސް އޮފީހުގައި ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން މަހު ކުލީގެ ގޮތުގައި ނަގަން ބުނާ އަދަދުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ފުލެޓްގެ މަހު ކުލީގެ ގޮތުގައި ސަރުކާރުން އެކި ފަހަރަު އެކި އަގު ކަނޑައަޅަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.

މީގެކުރިން 11000 ރުފިޔާ ނަގަން ބުނެފައިވަނިކޮށް މިއަދު މަހު ކުލީގެ ގޮތުގައި 13000 ރުފިޔާ ނަގަން ނިންމުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށާއި ކޮންމެ ކަމެއްގައި ވެސް ފެނިގެންދަނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވައިލުމަށް މަސައްކަތްކުރާ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފްލެޓްތަކުގެ އަަގަކީ 11،000 ރުފިޔާކަމަށް އަަރަނީ އެ ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ނުގެނެސްކަމަށެވެ. ނަމަވެސް އެ ޑިޒައިނަށް ބަދަލުގެނެސް ޖާގަ ތަނަވަސްކޮށްފިނަމަ އެ ތަންތަނުގެ އަގު ބޮޑުވާާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާާނު ވިދާޅުވީ އެ ބަދަލުތައް ގެނެސްފިނަމަ ދެ ކޮޓަރީގެ ފްލެޓަކަށް 13،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 23،000 ރުފިޔާ އަރާކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

Advertisement

ކޮމެންޓް