Advertisement

ޓްރާންސްޕޯޓްގެ އެގްޒެެކެޓިވް ޑިރެކްޓަރ މަހާ ސަސްޕެންޑްކޮށްފި

04 Jul 2019 | 23:20

ޓްރާންސްޕޯޓް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރގެ މަގާމަށް ދާދިފަހުން އައްޔަންކުރެވުނު މަހުމޫދު ޝަފީގު (މަހާ) އެ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

މަހާ އެ މަގާާމުން ސަސްޕެންޑްކުރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައިވަނީ އޭސީސީން އޭނާގެ މައްސަލައެއް ބަލަމުންދާކަމަށްބުނެ ސިޓީއެއް ފޮނުވުމުންނެވެ.

ނަމަވެސް ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މަހާގެ މައްސަލައެއް އޮތްތޯ މީގެކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭސީސީގައި އޮޅުންފިލުވުމުން، މައްސަލައެއް ނެތްކަމަށް ވަނީ ބުނެފައެވެ. ފަހުން އޭސީސީން ބުނެފައިވަނީ އެގޮތަށް އެންގިފައިވަނީ އޮޅުމަކުން ކަމަށެވެ.

ޓްރާންސްޕޯޓްގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް މަހާ އައިސްފައިވަނީ އެމްޑީޕީގެ ސްލޮޓެއްގައެވެ.

ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރު ގަވާއިދާ ހިލާފަށް ރައީސް ޔާމީނުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ނަމުގައި ރަޖިސްޓްރީކުރުމުގައި ބައިވެރިވުމުގެ ތުހުމަތު މަހާގެ މައްޗަށް ކުރެވޭކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

Advertisement

ކޮމެންޓް